ads
އެމްއައިބީގެ އަމީނީ މަގު އޭޓީއެމް: އެ އޭޓީމުން ހިދުމަތް ދޭން ވަނީ ފަށާފައި -- ފޮޓޯ: އެމްއައިބީ
ޗައިނާގައި ވިއްކާ މުދަލުގެ ފައިދާ ޑޮލަރުން ރާއްޖެއަށް ގެނެވޭނެ އިންތިޒާމް އެމްއައިބީން
ދިވެހި ވިޔަފާރިތަކުން ޗައިނާގައި ވިއްކާ އުފެއްދުންތަކުގެ ފައިދާ، ފަސޭހަކަމާއެކު އެމެރިކާ ޑޮލަރުން ރާއްޖެއަށް ގެނެވޭނެ އިންތިޒާމެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ގާއިމްކޮށްފިއެވެ.
Advertisement

މި އިންތިޒާމުގެ ސަބަބުން، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގެ ބާޒާރުގައި މުދާ ވިއްކުމަށްފަހު ފައިސާ ހޯދުމުގައި ދިމާވަމުން އައި ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.

އަލީބާބާ އާއި ގުޅިގެން ބޭއްވި ވޯކްޝޮޕެއްގައި ވާހަކަ ދައްކަވަމުން އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރު ހުސައިން އާލިމް ޝަކޫރު ބުނީ، ރާއްޖެއިން ބޭރަށް މުދާ ވިއްކުމަށްފަހު އާމްދަނީ އަނބުރާ ގައުމަށް ގެނައުމަކީ ދިވެހި އުފެއްދުންތެރިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފައިސާ ގެނައުމަށް އޮންނަ މަގުތަކުން ނަގާ ބޮޑެތި ފީތަކުގެ ސަބަބުން ލިބޭ ނަފާ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. އެހެންކަމުން، އެންމެ ކުޑަ ހަރަދަކުން ވިޔަފާރިވެރިންނަށް ފައިސާ ގެނެވޭނެ ގޮތެއް ހޯދުމަށް އެމްއައިބީން މަސައްކަތް ކުރި ކަމަށް އާލިމް ބުންޏެވެ.

މި އާ އިންތިޒާމުގެ ދަށުން، ޗައިނާގައި ވިޔަފާރިކުރާ ދިވެހިންނަށް ލިބޭ ފައިސާ، އެއީ ޗައިނާގެ ޔުއާން ނުވަތަ އެމެރިކާ ޑޮލަރު ކަމުގައި ވިޔަސް، ވަރަށް ކުޑަ ޗާޖަކާއެކު ރާއްޖޭގައި ހުންނަ އެމްއައިބީ އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި ބޭންކުން އެ ފައިސާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނީ އެމެރިކާ ޑޮލަރުންނެވެ. އާލިމް އިތުރަށް ބުނީ ޗައިނާގެ އިތުރުން އެހެން ގައުމުތަކުގައި ވިޔަފާރި ކުރާ ދިވެހިންނަށް ވެސް މިފަދަ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް އެމްއައިބީން ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް