
މިއީ ސަރުކާރަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު ކަނޑުވާލުމަށް ފާސްކުރި ބިލެއް ކަމަށް ތުހުމަތުކުރައްވައި އުމަރު ވަނީ ބިލަށް ގެންނަވާނެ އިތުރު އިސްލާހުތަކެއްވެސް ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ބިލުގައި ހުރި ޖޫރިމަނާގެ އަދަދުތައް ކުޑަކުރުމަށާއި، ލިޔުމަކުން އަސަރުކުރާ ފަރާތަކުން ރައްދު ދޭން ބޭނުންވެއްޖެނަމަ 24 ގަޑިއިރުގެ ތެރޭގައި އެ ފުރުސަތު ހިލޭ ދޭން ލާޒިމްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އުމަރުގެ ފާޑުކިޔުންތަކުގައި، މި ބިލުގެ އަސްލު ބޭނުމަކީ އަބުރު ރައްކާތެރިކުރުން ނޫން ކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ އިހުތިޖާޖުތަކާއި ކަންބޮޑުވުންތަކުގެ ތެރެއިންނެވެ. ބިލަށް ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތައް ގެނައި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށް ބުނެ ގިނަ ނޫސްވެރިންނެއް ދަނީ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.