ads
މީގެ ކުރިން އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި 25 މީހަކު ހިފެހެއްޓި - ފޮޓޯ/ އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ހިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް އެ އިދާރާއިން ބުނެފި އެވެ.
Advertisement

އެ އިދާރާއިން ބުނީ 16 ވަނަ ދުވަހުގެ ރޭގައި ހުޅުމާލޭގައި ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. 

މި އޮޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލޭގެ ހައިވަކަރު މަގުގައި ހިމެނޭ އެކޮމޮޑޭޝަން ބްލޮކްތަކުގައި ކަމަށް އެ އިމިގްރޭޝަނުން ހާމަކުރެ އެވެ. 

އެ އިދާރާއިން ފާހަގަ ކުރި ގޮތުގައި އެ އޮޕަރޭޝަންގެ ތެރެއިން އެ އެކޮމޮޑޭޝަން ބްލޮކްތަކާއި އެ ސަރަހައްދުގައި އުޅޭ ބިދޭސީން ހިމެނޭހެން 40 ބިދޭސީއަކު ބަލައި ފާސްކޮށްފައި ވާ ކަމަށްށެވެ. 

ބަލާ ފާސްކުރި 40 މީހުންގެ ތެރެއިން 10 މީހުން ވަނީ ގަވައިދާ ހިލާފަ އުޅޭތީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ އިދާރާއިން ފާހަގަ ކޮށްފައިވެ އެވެ.

އަދި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދެވޭ ހާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ވަނީ ބައިވެރިވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

އެ އިދާރާއިން ވަނީ ގަނޫނާއި ގަވާއިދާ ހިލާފަ އުޅޭ ބިދޭސީން ފާހަގަ ކޮށް އެ މީހުން ގާނޫނުގެ ދަށަށް ވައްދަން ކުރަން ޖެހޭ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އިދާރާއިން ބުނެ އެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް