ads
ޑެންގޫ ފަތުރާ މަދިރި
ޑެންގީ އާއި ރޯގާ ޖެހޭ މިންވަރު އިތުރުވެއްޖެ
މާލޭގައި އިންފްލުއެންޒާ އަދި މާލެ އަތޮޅުގެ ދެ ރަށެއްގައި ޑެންގީ ވަރަށް ގަދައަށް ފެތުރެމުންދާ ކަމަށް ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. ފައިސަލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ. މާލޭގައި އިންފުލުއެންޒާ ވަރަށް ގަދައަށް އުޅޭ ކަމަަށެެވެ.

ކާފު އަތޮޅުގައި ޑެންގީ ވަރަށް ގިނަވެެއްޖެ ކަމަށާއި، ހާއްސަކޮށް ހިންމަފުށްޓާއި މާފުށީގައި ޑެންގީގެ ކޭސްތައް ގިނަ އުޅޭ އޭނާ ބުންޏެވެ.

ބައެއް ކުދިންގެ ގައިގައި ރިއްސާ، ނުހިނގޭ ވަރުވެސްވޭ. ވެކްސިން ޖަހާލާ،". ސިއްހީ ކަންކަމުގައި އާއްމުންނަށް އަބަދުވެސް މައުލޫމާތު ފޯރުކޮށްދެމުން އަންނަ ޑރ. ފައިސަލްގެ ޕޯސްޓްގައި ވެއެވެ.

އިންފްލެއެންޒާގައި އެންމެ ނުރައްކާތެރި ވަނީ ކުޑަކުދިންނާއި މުސްކުޅިން، އަދި މާބަންޑު އަންހެނުންނެވެ.

ޑެންގީ އިން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަންނަނީ އިލްތިމާސްކުރަމުން ނެވެ.

އަރިދަފުސް ރޯގާ، ކޮވިޑް އަދި އިންފްލުއެންޒާއިން ރައްކާތެރިވުމަށްޓަކާ ސައިބޯނި ލައިގެން އަތްދޮވުމާއި ކެއްސާ ކިނބިހިއަޅާއިރު އަނގަމަތި ނިވާކުރުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެ އެވެ. އަދި ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ޑެންގީގެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ކުޑަކަމު ދެވޭ މިންވަރު މަދުވުން، މާބޮޑަށް ވަރުދެރަވުން، ތުއްތު ކުދިންނަށް ގާތުން ނުބޮވުން، ބަނޑުގައި ރިއްސުން، ގިނައިން ހޮޑު ލެވުން އަދި ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭއައުން ހިމެނެ އެވެ.

މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ ލަސް ނުކޮށް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ދިއުން މުހިންމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް