
ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ހެނދުނުން ފެށިގެނ،ް ރައްޔިތުންގެ މަޖިލީހުގެ ގެ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކ،ު އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށާއި އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކުރެވިގެން ދިޔަ ކަމަށެވެ.
މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށ،ް އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަމަށާއި އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައ،ި ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަމަށާއި މުޒާހަރާ ކޮންޓްރޯލް ކުރުމުގައ،ި ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި ފުލުހުން އަބަދުވެސް އިސްކަން ދީފައިވަނީ ސުލްހަވެރިކަމާއި އަމާން ކަމާއި އެކު މުޒާހަރާ ރޫޅާލަން ކަމަށް އެ އިދާރާއިން ބުނެ އެވެ.
އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރާކަމަށާއި އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައިވެސ،ް ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށ،ް އަމަން އަމާންކަން ދެމެހެއްޓުމަށް ކަމަށް އެ އިދާރާއިން ބުނެ އެވެ.
މުޒާހަރާގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަދި ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ހައްޔަރުކުރި އެވެ. ނަމަވެސް، ޕްރެޝަރު ބޮޑުވުމުން ފަހުން ދޫކޮށްލީ އެވެ.
ނޫސްވެރިން އެ ދުވަހު އިހުތިޖާޖުކުރީ މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް މީޑިއާ ބިލާ ގުޅޭ ގޮތުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ބިލު ތަސްދީގުކުރައްވާފަ އެވެ. އެ ބިލާ މެދު ކަންބޮޑުވުންތައް ހުރުމުން ދުނިޔެގެ ސަމާލުކަން ވެސް ލިބުނެވެ. އަދި، އެމެރިކާއާއި ނޫސްވެރިކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ދިވެހި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ ގުޅޭ ގޮތުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.