ads
އައިފޯން 17
ޕްރީއޯޑަރަށް ހުޅުވައިލުމާ އެކު، ދިރާގުން އައިފޯން 17 ޕްރޯގެ ސްޓޮކް ހުސްވެއްޖެ
ކަސްޓަމަރުންނަށް ޕްރީއޯޑަރަށް ހުޅުވާލުމާއެކު ދިރާގުން އައިފޯން 17 ޕްރޯގެ ފުރަތަމަ ބުރުގެ ސްޓޮކް ހުސްވެއްޖެ އެވެ.
Advertisement

ކައުންޓްޑައުންއެއް ފެށުމަށް ފަހު، ދިރާގުން އައިފޯން 17 ޕްރޯއާއި 17 ޕްރޯ މެކްސްއަށް ޕްރީއޯޑާކުރަން ހުޅުވާލީ ރޭ 12:01ގައެވެ. އޭގެ ފަހުން މިއަދު ދިރާގުން ބުނީ، ރޭ ޕްރީއޯޑަރަށް ހުޅުވާލުމާ އެކު ކުޑަ ވަގުތުކޮޅެއް ތެރޭ އައިފޯން 17 ޕްރޯ ހުސްވެފައިވާ ކަމަށެވެ.

އެކަމަކު، އައިފޯން 17 އަދިވެސް ވަރަށް މަދު އަދަދަކަށް ލިބެން އެބަހުރި ކަމަށް ދިރާގުން ބުންޏެވެ.

މިމަހުގެ 9 ވަނަ ދުވަހު އެޕަލްއިން އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލާފައިވާއިރު، އޭގެ ތެރޭގައި އައިފޯން 17 ގެ ހަތަރު މޮޑެލްއެއް ހިމެނެއެވެ. އެއީ އައިފޯން 17، އައިފޯން 17 ޕްރޮ، އައިފޯން 17 ޕްރޯމެކްސްގެ އިތުރުން އައިފޯން އެއާއެވެ.

އައިފޯން 17ގެ ސީރީސްތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމަނާފައިވާއިރު، އެޕަލް އިން މިހާތަަނަށް އުފެއްދި އެންމެ ވަރުގަދަ ފޯނެވެ.

އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީޒް 17ގެ ފޯނުތަކުގެ އަގު ބޮޑެވެ.

ދިރާގުން އައިފޯން 17 ވިއްކާ އަގުތައް:

  • އައިފޯން 17 ޕްރޯ މެކްސް، 256 ޖީބީ - 29،995 ރުފިޔާ
  • އައިފޯން 17 ޕްރޯ މެކްސް، 512 ޖީބީ - 34،995 ރުފިޔާ
  • އައިފޯން 17 ޕްރޯ، 256 ޖީބީ - 27،495 ރުފިޔާ
  • އައިފޯން 17 ޕްރޯ، 512 ޖީބީ - 32،445 ރުފިޔާ

އައިފޯން 17 ޕްރޯ މެކްސް އަކީ އައިފޯން 17 ޕްރޯއަށް ވުރެ ސައިޒުގެ ގޮތުން ބޮޑު ފޯނެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް