
އެރަށުގައި އޭޓީއެމްގެ ހިދުމަތް ރައީސް ފަށްޓަވައިދެއްވީ އެމަނިކުފާނު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޚުގެ ތެރެއިން ފުލިދޫއަށް މިއަދު ވަޑައިހަތުމުން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ފުލިދޫގައި އޭޓީއެމް ހިދުމަތް ފެށުމަށްފަހު ރައީސް މުއިއްޒު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.
ފުލިދޫގައި އޭޓީއެމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފުލިދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.
މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމަށް ހިންގާ މަޝްރޫއުގެ ދަށުގެ މިހާތަނަށް 11 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލްގެ އޭޓީއެމް ބަހައްޓާފައެވެ.
ފުލިދޫގައި އޭޓީއެމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލްގެ އޭޓީއެމް ހިދުމަތް މިހާތަނަށް ފެށި އަތޮޅުތަކަކީ އއ. އަތޮޅު ހއ. އަތޮޅާއި، ހދ އަތޮޅު، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅު އަދި ގއ، ގދ އަތޮޅުއެވެ.