ads
ބޭރުމަގު ފުޅާކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ
ބޭރުމަގު ފުޅާކުރަން ބިން ހިއްކުން ނިމުމަކަށް
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް ނިމުމަކާއި ހަމައަށް އައިސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކުރަންޖެހޭ ސަރަހައްދުގެ މަސައްކަތް އެއްކޮށް ވަނީ ނިންމާފައެވެ. އެގޮތުން 132 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖަހާފައިވާކަމަށާއި ޝީޓް ޕައިލްތައް ވަރުގަދަކުރުމަށް ޖަހާ އެންކާ ބްލޮކްގެ މަސައްކަތް އެއްކޮށް ނިންމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ. 

your imageބޭރުމަގު ފުޅާކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ

އެމްޓީސީސީން ބުނީ ބޭރުމަގު ފުޅާކުރަން އެ ސަރަހައްދުގެ ފަޅުން ހިއްކަންޖެހޭ ސަރަހައްފުގެ 90 އިންސައްތަ ހިއްކާ ނިމިފައިވާކަމަށެވެ. 

މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

your imageބޭރުމަގު ފުޅާކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ

އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް