
އެ މަސައްކަތްތައް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށަށް އެމަނިކުފާނު ވަޑައިގެން ބޭއްވި ހާއްސަ ދެ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ފޮއްދޫގެ ބަނދަރުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
27 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީންނެވެ.
އާބާދީ މަދު ފުލިދޫގައި މިއަދު ވަނީ އާ ސިއްހީ މަރުކަޒެއްގެ ބިންގާ ވެސް އަޅައިފަ އެވެ. އަދި އެ ރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކުރި އެވެ.