ads
ވީޑިއޯއިން ތަންކޮޅެއް
ގޭސް ފުޅިއެއް ގެނެސްދޭން ބުނުމުން ދަރިއަކު މަންމަ މަރާލައިފި
ގޭސް ފުޅިއެއް ގެނެސްދޭން ބުނުމުން އިންޑިޔާގެ ޖެއިޕޫރް އަވަށުގައި ދަރިޔަކު މަންމަ މަރާލައިފި އެވެ.
Advertisement

ޝޯސަލް މީޑިޔާގައި ވައިރަލް ވަމުން އަންނަ ވީޑިއޯއެއްގައި ފެންނަ ގޮތުން މި ފިރިހެން ކުއްޖާ ވަނީ އޭނާގެ މަންމަގައިގާ ދަނޑިގަނޑު ވަރަށް އަނިޔާވެރި ގޮތަކަށް ތަޅާ މަރާލާފަ އެވެ. 

އިންޑިޔާގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިކަން ހިންގާފައިވަނީ މަންމަ އޭނާގެ ދަރިފުޅުގެ ކައިރީގައި ކަންކަން ގޭސް ނެތްކަމަށް ބުނެ ގޭސް ފުޅިއެއް ގެނެސް ދިނުމަށް އެދުމުން ކަމަށެވެ.

މި ވީޑިއޯގައި ނަވީން ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ އޭނާގެ މަންމަގައިގާ ދަނޑިންތަޅަމުން ދިޔަ އިރު އޭނާގެ ބައްޕަ އަދި ދައްތަ ވަނީ އޭނާ ހުއްޓުވަން މަސައްކަތްކޮށްފައި އެވެ. ނަމަވެސް ނަވީން ވަނީ އެމީހުންނަށް ބެލުމެއް ނެތި މަންމަގައިގާ ދަނޑިން ތަޅާތަޅާ މަރާލާފައި ކަމަށް އެ ވިޑީޔޯއިން ފެނެ އެވެ.

އިންޑިޔާގެ ކަރްދާނީ ފުލުހުން ބުނާ ގޮތުގައި ނަވީން ވަނީ މިމައްސަލައާއި ގުޅިގެން ސުވާލުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށާއި މަންމަގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން 12 ތަނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައި ހުރިކަމަށް ފާހަގަވާ ކަމަށެވެ.

ނަވީންގެ ބައްޕަ ލަކްސްމަން ސިންގް އަކީ ކުރިން ސިފައިގެގައި މަސައްކަތް ރިޓާޔާ ކުރުމުން މިހާރު އެ ކޯޓާގެ ދަށުން އިންޑިޔާގެ ނޭޝިނަލް ޓާމިނަލް ޕަވާރް ކޯޕަރޭޝަން ގައި އެވެ. އޭނާ އެނބުރި ދިއްލީ އަށް އައީ މިދިޔަ ހޯމަ ދުވަހު ކަމަށް އާއިލާ އިން ބުނެ އެވެ. އާއިލާ އިން އިތުރަށް ބުނީ ނަވީންގެ މަންމަ އޭނާ ގާތުގައި ގޭސް ފުޅި ހުސްވެފައިވާ ކަމަށާއި ގޭސް ފުޅިއެއް ނެތީޔާ ނުކެއްކޭނެ ކަމަށް ބުނި ކަމަށެވެ. 

މިކަމާއި ގުޅިގެން ނަވީންގެ ބައްޕަ ބުނީ އޭނާ ދަރިފުޅު އެ ހަލާކު ކޮށްލީ އޭނާގެ އެކަނި ދިރިއުޅުން ނޫންކަމަށާއި އޭނާގެ ސަބަބުން އޭނާގެ ކޮއްކޮގެ ކައިވެނިވެސް ނުކުރެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.   

"އަހަރެން 2019 ވަނަ އަހަރުވެސް ބުނިން އޭނާ އަކީ ކްރިމިނަލް އެކޭ. އެކަމަކު އެކަކުވެސް އަޑެއް ނާހާ. އަހަރެންނާ ދިމާލަށް އެންމެން ކީ ކަލޭ ތިހިރީ މޮޔަވެފައޭ" ވީޑިއޯގައި ނަވީންގެ ކޮއްކޮ ބުނެ އެވެ

ޕޮލިހުން ބުނީ 2019 ވަނަ އަހަރު ނަވީން މީހަކާ ކައިވެނި ކުރިނަމަވެސް ނަވީން އޭނާގެ އަންހެނުންނައް އަނިޔާ ކުރާތީ އެ އަންހެންމީހާ ވަނީ އޭނާގެ މައިބަފައިން ކައިރިއަށް އެނބުރި ގޮސް ނަވީން އާއި ދެކޮޅަށް ޑައުރީ ކޭސް އެއް ވެސް ފުލުހުންނައް ހުށަހަޅާފައި ކަމަށެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް