ads
ޑޮލަރު ފޭރުނު މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރި މީހުން
އެއާޕޯޓުން ޑޮލަރު ފޭރުން، އިތުރު ތިން މީހުންގެ ވަނަވަރު އާއްމުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އިތުރަށް ހައްޔަރުކުރި ތިން މީހަކު ވަނަވަރު އާއްމުކޮށްފިއެވެ.
Advertisement

ޑޮލަރު ފޭރުނު މައްސަލައި އެންމެ ފަހުން ހައްޔަރުކުރި މީހުން

  • އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ
  • އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ
  • އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުކަމަށެވެ. އަހްމަދު މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުކަމަށާއި ދެން މި މައްސަލާގައި ހިމެނޭ އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުކަމަށް ފުލުހުން ބުނެއެވެ. 

މި މީހުން ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން އަބްދުލްއައްވަލް އާއި މާހިދު އެންމެ ފުރަތަމަވެސް ބަންދު ޖެހީ ޝަރީއަތް ނިމެންދެށެވެ. އަފްޒަލްގެ ބަންދަށް ފުރަތަމަ ތިން ދުވަސް ޖެހުމަށްފަހު އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި މިހާތަނަށް 7 މީހުން ހައްޔަރުކުރި އިރު އެމީހުން ފޭރުނު ޑޮލަރުތައް އަދިވެސް ފެނިފައެއް ނުވެއެވެ.

އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މީހުން ފޭރިގަތީ ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ކަން ވަނީ އެނގިފައެވެ.

ފުލުހުން ބުނި ގޮތުގައި، އެ ފައިސާ އުފުލުމަށް ފުލުހުންގެ ސެކިއުރިޓީ ބީއެމްއެލުން ބޭނުން ކޮށްފައި ނުވެ އެވެ.

 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް