ads
މާލޭގެ ދިލްބަހާރު މަގުގައި ވިޔަފާރި ކުރަމުންދާ ބިދޭސީއަކު ޗެކް ކުރަނީ
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 178982 ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ: ރައީސް
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 178،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ، ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަކަމަށެވެ. މިއީ އަބަދުވެސް ދައްކަމުން އައި ވާހަކައެއް ނަމަވެސް އެއްވެސް ސަރުކާރަކުން އެކަން ހައްލު ކުރަން މަސައްކަތްކޮށްފައި މީގެކުރިން ނެތްކަމަށެވެ.

"އެހެންވީމަ، އެބަ އެނގޭ ރާއްޖޭގައި ދެ ލައްކައެއްހާ ބޭރު މީހުން އެބައުޅޭ. އެކަމަކު، މިކަމެއް ނޭނގޭ. މީގެތެރެއިން ނުގަވައިދުން އުޅޭ މީހުން ޑީޕޯޓްކުރަނީވެސް ކުރީގައި ނަމަކަށް. އެހެންނަމަވެސް އަޅުގަނޑުމެން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 8،609 މީހުން ޑީޕޯޓުކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބިދޭސީންގެ ސަބަބުން ދިވެހިން ކުރަމުން އަންނަ ވިޔަފާރިތަކަށް ވެސް ހުރަސް އެޅެމުންދާ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ބިދޭސީން ވަންނަމުންދާ ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

ނުގަވައިދުން ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ޖައްސައި، މާދަމާ އިން ފެށިގެން މުޅި ރާއްޖޭގައި ނުގަވައިދުން ހިންގާ ވިޔަފާރިތައް ހޯދައި، އެ ތަންތަން ބަންދުކޮށް އެ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ޑީޕޯޓުކުރަން ހާއްސަ އޮޕަރޭޝަނެއް މާދަމާ ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކަށް ވެސް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރި ކުރުމަށް އެ އޮންނަ ހައްގު ފުރުސަތުތައް އަނބުރާ ހޯދައިދިނުން. އެއީ ދިވެހި ރައްޔިތުންގެ ވިޔަފާރީގެ ފުރުސަތުތައް. އެ ފުރުސަތުތަކުގެ ތެރެއަށް މި ވަންނަނީ ނުގަވައިދުން ބޭރު މީހުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ދިވެހި ރައްޔިތުން ވަޒީފާގެ ފުރުސަތުތައް ބޭނުންވެފައި ތިބިއިރު، އެފަދަ ފުރުސަތުތައް ނުގަވައިދުން ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ނުދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް