އެންސްޕާއިން ބުނާ ގޮތުގައި 14673 މީހުން ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި އަދި އަލަށް 125 ފަރާތް ތަޖިސްޓްރީވެފައިވާ ކަމުގަ އެވެ.
އެ އިދާރާއިން ބުނާ ގޮތުގައި 14492 މީހުންނަށް މިހާތަނަށް 52664000 ރުފިޔާ މިދިޔަ އޮގަސްޓު މަހު މާލީ އެހީތެރިކަމުގެ ގޮތުގައި ދެވިފައިވާ ކަމަށެވެ.
އެންސްޕާއިން ބުނާ ގޮތުގައި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ އޮގަސްޓު މަހު ތެރޭގައި 25720 ރުފިޔާ ދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ހޯދުމަށް 700 ފަރާތަކުން ރަޖިސްޓްރީ ވެފައިވާ އިރު މި ދިޔަ އޮގަސްޓުމަހުގެ ތެރޭގައި 4 ފަރާތަކުން އަލަށް ރަޖިސްޓްރީވެފައިވާ ކަމަށް އެންސްޕާއިން ނެރުން ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެންސްޕާއިން އިތުރަށް ނެރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށްދޭ މާލީ އެހީ ހޯދުމަށް 97 ބެލެނިވެރިއަކު ރަޖިސްޓްރީ ވެފައިވާ ކަމަށާއި އޮގަސްޓު މަހުގެ ތެރޭގައި 4 ބެލެނިވެރި އަކު އަލަށް ރަޖިސްޓްރީވެފައިވާ ކަމަށެވެ.
އެ އިދާރާއިން ނެރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 130 ކުދިންނަކަށް 178500 ރުފިޔާ މާލީ އެހީގެ ގޮތުގައި ދެވިފައިވާ ކަމަށެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ޕްރޮގްރާމްގައި ހިމެނިފައިވާ ފަރާތްތަކަށް ގޮތުގައި 2870 ފަރާތަކުން ރަޖިސްޓްރީވެފައި ވާ ކަމަށާއި 30 މައިންބައިން އިތުރަށް އޮގަސްޓު މަހުގެ ތެރޭގައި ރަޖިސްޓްރީވެފައިވާ ކަމަށް އެންސްޕާއިން ފާހަގަ ކުރެ އެވެ.
މީގެ އިތުރުން 69 ކުދިން އިތުރަށް އޮގަސްޓުމަހުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެންސްޕާއިން ބުނީ 4901 ކުދިންނައް ޖުމްލަ 4905000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.