ads
އދ.ގެ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާ ވަޑައިގެންނެވުމަށް ޓަކައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވީއައިއޭގައި - ފޮޓޯ: ފޮރިން މިނިސްޓްރީ
އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާއަށް ފޮރިން މިނިސްޓަރު ހަލީލު އެމެރިކާއަށް
އދ.،ގެ އާއްމު މަޖިލީހުގެ ހައިލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފި އެވެ.
Advertisement

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލުގެ މި ދަތުރުފުޅުގައި މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިއީ ރާއްޖެ އދ.ގައި ބައިވެރިވިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، ރާއްޖެއިން އ.ދ.ގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވަނީ 21 އޮގަސްޓް 1965ގަ އެވެ. އެއީ 26 ޖުލައި 1965ގައި ރާއްޖެ މިނިވަންވިތާ ބަރާބަރު 25 ދުވަސް ފަހުންނެވެ.

އ.ދ.ގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އެޖަމިއްޔާއިން ބަލައިގަތީ 21 ސެޕްޓެމްބަރ 1965ގަ އެވެ.

ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކުރުމާ އެކު ފަލަސްތީނު މީހުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ރާއްޖެއަކީ އަބަދުވެސް ވަރަށް އިސް ސަފުގައި މަސައްކަތްކުރާ ގައުމެކެވެ.

އދ.ގެ އާއްމު މަޖިލީހުގެ ހައިލެވެލް މީޓިންތައް ހަފުތާއަކަށް ދެމިގެންދާ އިރު މި ފަހަރު އެ މަޖިލީހުގައި ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ކަމަކީ މީގެ ކުރިން ފަލަސްތީނުގެ ދައުލަތް ބަލައިނުގަނެ ތިބި ގިނަ ގައުމުތަކަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން މިހައިތަނަށް އިއުލާނުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް އޮސްޓްރޭލިއާ، ކެނެޑާ، ބެލްޖިއަމް އަދި ފްރާންސް ހިމެނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް