ads
ކޮންޓޭނަރު
މިދިޔަ މަހު ކަސްޓަމަށް ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ
މިދިޔަ މަހު ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބުނު ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
Advertisement

މިދިޔަ މަހުގެ ކަސްޓަމްގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި 4 ބިލިއަން ރުފިޔާގެ ތަކެތި ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ އިރު ރޯޔަލްޓީގެ ގޮތުގައި 12 މިލިއަން ރުފިޔާ ދައްކާފައިވާ ކަމުގަ އެެވެ.

މިދިޔަ މަހުގެ ތެރޭގައި 149 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާ ކަމަށާއި އެ ގޮތުން 49 މިލިއަން ރުފިޔާގެ މަސްދަޅު އަދި 82 މިލިއަން ރުފިޔާގެ ކަނޑު މަސް ރާއްޖޭއިން ބޭރުކުރެވިފައިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 993 މިލިއަން ރުފިޔާގެ ކާބޯތަކެތި މިދިޔަ މަހުގެ ތެރޭގައި އެތެރެ ކުރެވިފައިވާ ކަމަށާއި 873 މިލިއަން ރުފިޔާގެ ފިއުލު، 732 މިލިއަން ރުފިޔާގެ އެކި ވައްތަރުގެ މެޝިނަރީ، 350 މިލިއަން ރުފިޔާގެ ދަނގަޑާއި ބެހޭ ސާމާނު، 149 މިލިއަން ރުފިޔާގެ ލަކުނޑި އެތެރެ ކުރެވިފަައިވެ އެވެ. 

މީގެ އިތުރުން 105 މިލިއަން ރުފިޔާގެ ވެހިކަލްގެ ބައިތަކާއި 108 މިލިއަން ރުފިޔާގެ އިމާރާތް ކުރަން ބޭނުން ކުރާ ސާމާނުގެ އިތުރުން 111 މިލިއަން ރުފިޔާގެ ފޮތި ފަދަ ތަކެތި އެތެރެ ކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެންމެ ގިނައިން ރާއްޖޭއިން މުދާ އެކްސްޕޯޓް ކޮށްފާވާ ގައުމުތަކަށް ބަލާ އިރު އެއްވަނަގައި ވަނީ ޓައިލެންޑު އެވެ. ޓައިލެންޑަށް ރާއްޖެއިން 61 މިލިއަން ރުފިޔާގެ އެކްސްޕޯޓްކޮށްފައިވާ އިރު ދެވަނަގައި ވާ އިނގިރޭސި ވިލާތަށް 39 މިލިއަން އަދި 3 ވަނަ ގައިވާ ޖާރުމަނީ އަށް 9 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރެވިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

4 ވަނަގައިވާ ވެއިޓްނާމް އަށް 8 މިލިއަން އަދި 5 ވަނައިގައިވާ ސްރީލަންކާ އަށް 5 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ ކަމަށް އެ ހިސާބުތަކުގައި ވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރެއިން 1 ވަނަގައިވަނީ އިންޑިޔާ އެވެ. އިންޑިޔާއިން 765 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވާ އިރު ދެވަނަ އަށް އޮތް ޔޫއޭއީ އިން 726 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެ ކޮށްފައިވާ ކަމަށާއި 3 ވަނަ އަށް އޮތް ޗައިނާ އިން 651 މިލިއަން ރުފިޔާ 4 ވަނަ އަށް އޮތް ސިންގަޕޫރުން 529 މިލިއަން ރުފިޔާ އަދި 6 ވަނަ އަށް އޮތް އޮމާން އިން 451 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެ ކުރެވިފައިވާ ކަމަށް ކަސްޓަމުްނ ނެރުން ހިސާބު ތަކުގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް