މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށަކީ މަސްވެރިކަން ކުރިއަރާފައިވާ ރަށަކަށް ވާތީ މަސްވެރިން ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށާއި .މަސްވެރިކަމުގެ މުޅި ސިނާއަތް ކުރިއަރުވައި ހަރުދަނާކުރަން މަސްވެރިންގެ އަޑު ގާތުން އަހައި، އެކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.
މަސްވެރިންވެރިން މިދިޔަ މެއި މަހު ރައީސްއާ ބައްދަލުކުރައްވައި، މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްދޭން ވަނީ އެދިފަ އެވެ.
އެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދާ އެއްގޮތަށް އެކަން ހަމަޖައްސައިދެއްވާނެ ކަަމަށެވެ.
ސަރުކާރުން އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަަސް ގަންނަ އަގު ބޮޑުކުރުމުގެ ވައުދު ފުއްދާނީ، ހަމައެކަނި ނަމަކަށް ނޫން ކަމަށެވެ. ތަރުތީބު ކުރަން ޖެހޭ ކަންކަން ތަރުތީބުކޮށް، ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުކުރަން ފަށާނީ މެދުނުކެނޑި ކުރިއަށްދާނެ ކަން ޔަގީންކުރުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ.