އެމްއެމްއޭއިން އިތުރަށް ބުނީ ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ މި މަހުގެ ނިޔަލަށެވެ.
16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ޚާއްސަކޮށް އިސްލާމީ ފައިނޭންސަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި އެމްއެމްއޭއިން ބާއްވާ ކުއިޒް މުބާރާތެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި 6 އޮންލައިން ބުރު ހިމެނޭނެކަމަށާއި މި ބުރުތަކުގައި 3 އާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް ލީޑާބޯޑެއްގައި ޕޮއިންޓް އެއްކުރެވޭނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެ އެވެ.
އެންމެ މަތިން ޕޮއިންޓް ލިބޭ 5 ޓީމު ދެން ކުރިމަތިލާނީ ލައިވްކޮށް މީހުން ހާޒިރުވެގެން ބޭއްވޭ ފައިނަލް ބުރާކަމަށައި މި ބުރުގައި ވާދަކޮށް އަގުހުރި ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ އިދާރާއިން ބުނެ އެވެ.
މުބާރާތުގައި ބައިވެރިވުމަށް، ޓީމުތަކުން އެޕްލިކޭޝަން ފޯމު މާދަމާ ރޭ 11:59 ގެ ކުރިން ހުށަހަޅަންވާނެކަމަށާއި ކޮންމެ ޓީމަކުންވެސް ޓީމު ލީޑަރެއް އައްޔަންކުރަންވޭނެކަމަށް އެއިދާރާއިން ބުނެ އެވެ.
އެ އިދާރާއިން ބުނީ ލީގު ބުރުތަކަށް ބޭނުންކުރާނެ އޮންލައިން ޕްލެޓްފޯމް ބަލަހައްޓާނީ އެ އިދާރާއިން ކަމަށެވެ.
މި ކުއިޒް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ.، ދެވަނައަށް އަންނަ ޓީމަށް 7،000ރ. އަދި ތިންވަނައަށް އަންނަ ޓީމަށް 5،000ރ. ލިބޭނެ އެވެ.
އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ލިންކުން ބައިވެރިވެވޭނެ ކަމަށް އެ އިދާރާއިން ބެނެ އެވެ
އެޕްލިކޭޝަން ފޯމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވާ ޓީމުތަކަށް ތަމްވީލްގެ މެއިލް މެދުވެރިކޮށް އެމްއެމްއޭއަށް އެ މައްސަލަ ހުށަހެޅުމަށް އެމްއެމްއޭއިން އެދެ އެވެ.