ads
އިރުގެ އަލި ތެރޭގަ އަންހެން ކުއްޖެއް
އިރުގެ ހޫނުން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތައް އިނގޭތަ؟
ދިވެހިރާއްޖެއަކީ އަބަދުވެސް ހޫނުގަދަ، އިރުގެ ދޯދިތައް ގަދަކޮށް ލިބޭ ގައުމެއް ކަމުން މިފަދަ މާހައުލެއްގައި އުޅޭއިރު، ހޫނާއި އިރުގެ ދޯދިން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހަމައެކަނި ހަންގަނޑުގެ މައްސަލައިގެ އިތުރުން މުޅި ސިއްހަތަށް އަސަރުކުރާ ކަމެކެވެ.
Advertisement

ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި، ބޮލުގައި ރިއްސާ ބޯއެނބުރުން، އަކުނިވަޔަށް ދެމުން، އަދި ލޮލަށް ގެއްލުން ލިބުން ހިމެނެ އެވެ. މީގެ އިތުރުން، ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން ނުވަތަ ކުދި ރަތް ބިހިނެގުން ފަދަ ކަންތައްތައް ދިމާވެދާނެ އެވެ. ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވެ، ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުމާއި ގައިގެ ވަރުދެރަވުން ފަދަ އަލާމާތްތައް ފެނިދާނެ އެވެ. 

މިފަދަ އަލާމާތްތައް، ހާއްސަކޮށް ބޮލުގައި ރިއްސާ ބޯއެނބުރުން ނުވަތަ އަކުނިވަޔަށް ދެމުން ފަދަ އަލާމާތްތައް ފެންނަނަމަ، އަވަހަށް ސިއްހީ ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ހޫނުގެ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތްތައްހޫނުގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން އެންމެ ބޮޑަށް ނުރައްކާވެދާނެ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަ ކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުން އަދި އަވީގައި ގިނަވަގުތު މަސައްކަތް ކުރަންޖެހޭ ފަރާތްތައް ހިމެނެ އެވެ.  

ހޫނުގަދަވުމުގެ ސަބަބުން ތުއްތު ކުދިންނާއި ކުޑަ ކުދިންނަށް ކުރާ އަސަރު ބޮޑުވެފައި ނުރައްކާތެރިވެދާނެއެވެ. އެހެންކަމުން، ހޫނުގަދަ ގަޑިތަކުގައި (މިސާލަކަށް ހެނދުނު 11 އިން މެންދުރުފަހު 4 އާއި ދެމެދު) ކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުވާން ޖެހެއެވެ. ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ގިނަ ކޮށް ހަ މަސްފުރިފައިވާ ކުދިންނަށް ދިޔާތަކެއްޗާއި ފެން ގިނައިން ދިނުމަކީވެސް މުހިންމު ކަމެކެވެ.

ކުޑަ ކުދިން ގަޔަށް ދޫ، ތުނި ހެދުން އެޅުވުމާއި، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ގެންދާނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވާށެވެ. އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ބެއެއް ކަންތައްތަކުގެ ތެރޭގައި ބޭރަށް ނިކުތުން މަދުކުރުން، ހެނދުނު 11 އިން ފެށިގެން މެންދުރުފަހު 4 ޖެހުމާ ދެމެދުގެ ވަގުތަކީ އިރުގެ ދޯދިތައް އެންމެ ގަދަ ގަޑި ކަމުން މިގަޑިތަކުގައި ބޭރަށް ނިކުމެ އުޅޭ މިންވަރު މަދުކުރުމަކީ ހޫނުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ.

ހަމައެއާއެކު ކުލަ މަޑު އަދި ހަށިގަނޑު ނިވާވާ ފަދަ ގަޔަށް ދޫ ހެދުން އެޅުމަކީ ހޫނު ހިފެހެއްޓުން ކުޑަކޮށް ހަށިގަނޑު ފިނިކޮށްދޭނެ ކަމެކެވެ. އަދި ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ފުޅާ ތޮތްޕެއް ބޭނުންކުރުމާއި، ކަޅު ކެލަންޏެއް ނުވަތަ ހިޔަވަހި ލިބޭނެ ގޮތެއް ހޯދުމަކީ އިރުގެ ދޯދިން ހަންގަނޑާއި މޫނު ރައްކާތެރިކޮށްދޭނެ ކަމެކެވެ. އަވީގައި ގިނަ ވަގުތު ހޭދަކުރާނަމަ، ލޯޝަން، ޖެލް ނުވަތަ ސްޕްރޭ ފަދަ ގޮތަކަށް އަންނަ އެސްޕީއެފް 15 ނުވަތަ އެއަށްވުރެ މަތީގެ ސަންސްކްރީން ބޭނުންކުރުން މުހިންމެވެ. މިލޯޝަން ކޮންމެ ދެގަޑިއިރަކުން އާކުރަންވާނެއެވެ. އަދި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް، ކަރު ނުހިއްކާނަމަވެސް ގިނައިން ފެން ބޭނުންކުރަންވާނެއެވެ.

މީގެ އިތުރުން ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރު ހުންނަ ބުއިންތައް ބޭނުން ނުކުރުން ރަނގަޅެވެ. އަދި ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ އަވިއައިނެއް ބޭނުންކުރުމަކީ ލޮލަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މި ކަންކަމަށް ސަމާލުކަން ދިނުމަކީ ހޫނާއި އިރުގެ ދޯދިން ލިބިދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. އަމިއްލަ ސިއްހަތަށް ސަމާލުކަން ދީގެން ރައްކާތެރި ދިރިއުޅުމެއް ހޯދުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް