ads
އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން
މީޑިއާ ކޮމިޝަނުގެ މެމްބަރުން އިންތާހުބުކުރާ ގަވާއިދު އާންމުކޮށްފި
މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވައިދު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.
Advertisement

ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލަން ޖެހޭ ގަވައިދު އާންމުކޮށް ގެޒެޓުކޮށްފައިވާއިރު ކޮމިޝަން މިހާރު ހިންގަނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ފަސް މެންބަރުންގެ އިންތިގާލީ ކޮމިޝަނަކުންނެވެ.

ގާނޫނުގެ ދަށުން އެކުލަވާލާ 7 މެންބަރުންގެ ކޮމިޝަނަށް 3 މެންބަރުން އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ. އަނެއް 4 މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ.

އޭގެ ތެރޭ ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ 2 މެންބަރުން އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ 2 މެންބަރުން ހިމެނޭނެ އެވެ.

ގާނޫނުގައި ބުނާގޮތުން، އާ ގާނޫނަށް އަމަލު ކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭ އިންތހާބު ބާއްވަން ޖެހެ އެވެ. 

އެގޮތުން އިންހިތާބުގައި ވޯޓު ލެވޭނީ، ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ ބްރޮޑްކާސްޓަރުންނާއި މީޑިއާތަކަށް ކަމަށާއި ކޮންމެ ބްރޮޑްކާސްޓަރަކަށާއި މީޑިއާއަކަށް ލެވޭނީ 1 ވޯޓް ކަމަށް އެ ގާނޫނުގައިވެ އެވެ. 

މި ގާނޫނުގައި އިތުރަށް ވާގޮތުން ބްރޮޑްކާސްޓަރުން އިންތިހާބު ކުރުމަށް ވޯޓު ލެވޭނީ ބްރޮޑްކާސްޓަރުންނަށް އެކަނި ކަމަށާއި އެހެން މީޑިއާތައް ތަމްސީލު ކުރާ މެންބަރުން ހޮވަން ވޯޓު ލެވޭނީ  ބްރޮޑްކާސްޓަރުން ފިޔަވާ އެހެން މީޑިއާތަކަށް ކަމުގަ އެވެ. 

އިންތިހާބަށް ކުރިމަތިލުމަށް 19 ދުވަހުގެ މުއްދަތެއް ދޭނެކަމަށާއި ކުރިމަތިލާ ކެންޑިޑޭޓުންނަށް ކެންޑިޑެސީ ބަލައިގަތްކަން ނުވަތަަ ނޫންކަން 48 ގަޑިއިރު ތެރޭ އަންގަން ޖެހޭކަމަށް ވެސް އެ ގާނޫނުގައި ބުނެފައި ވެއެވެ.

ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ ހޯދުމަށް އިލެކްޝަންސް އިން އެދޭތާ 2 ދުވަސް ތެރޭ ކަމާ ބެހޭ ދައުލަތުގެ މުވައްްސަސާ އިން އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށާއި ކޮންމެ މީޑިއާއަކުން އަދި ބްރޮޑްކާސްޓަރެއްގެ ފަރާތުން ވޯޓުލާ މީހާ ރެޖިސްޓްރީ ކުރަން ޖެހޭކަމަށް އެ ގާނޫނުގައި ފާހަގަ ކޮށްފައިވެ އެވެ.

ގަވައިދު ބުނާގޮތުން ކޮމިޝަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، މަގާމު ހުސްވާތާ 39 ދުވަސް ތެރޭ އިތުރު އިންތިހާބެއް ބާއްވަން ޖެހެ އެވެ.

ކޮމިޝަނަށް އިންތިހާބުވާނީ މަގާމަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓުންނެވެ. އިންތިހާބު ކުރަން ޖެހޭ އަދަދަށް މެންބަރުން އިންތިހާބު ނުވެ ވޯޓު އެއްވަރު ވެއްޖެނަމަ، ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 3 ދުވަސް ތެރޭ ވޯޓު އެއްވަރުވީ ކެންޑިޑޭޓުންގެ މެދުގައި އިތުރު ބުރެއް ބާއްވަންޖެހޭނެ ކަމަށް ގަވައިދުގައި ވެއެވެ. 

އިތުރު ބުރަކަށް ވޯޓުލާން ޖެހިއްޖެ ނަމަ، ވޯޓުލުމުގައި އިސްކަންދޭނީ ފުރަތަމަ ބުރުގައި ވޯޓުލާން ރެޖިސްޓްރީވި ފަރާތްތަކަށް ކަމަށް އެ ގާނޫނުގައި ބުނެފައިވާ އިރު އިންތިހާބު ކުރަންޖެހޭ އަދަދަށް ނުވަތަ އެއަށްވުރެ މަދުން ކެންޑިޑޭޓުން ކުރިމަތި ލައިފި ނަމަ އެ ކެންޑިޑޭޓުން މަގާމަށް އިންތިހާބުވީ ކަމަށް އިއުލާނު ކުރަންޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެ އެވެ. 

އާ ގަވައިދުގައި އިންތިހާބަށް ތާއީދު ހޯދުމަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުން ވޯޓުލާ ދުވަހު ކުރުން މަނާކަންތަކާއި ބާތިލު ވޯޓު ކަނޑައަޅާނެ ގޮތްތައް ވެސް ގަވާއިދުގައިވެ އެވެ.

އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 3 ދުވަސް ތެރޭ ރަސްމީ ނަތީޖާ ގެޒެޓު ކުރަން ޖެހެ އެވެ.

މީޑިއާ ރެގިއުލޭޝަން ގާނޫނު ފާސްކުރުމުގެ މަރުހަލާގައި، އެ ގާނޫނު ބިލެއްގެ ގޮތުގައި އޮތް އިރު ގިނަ އަދަދެއްގެ ނޫސްވެރިން އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރި އެވެ. ފާސްކުރި ފަހުން، އެ ބިލް ތަސްދީގު ނުކުރައްވަން، ނޫސްވެރިން ރައީސް ޑރ.މުހައްމަދު މުއިއްޒަށް އިލްތިމާސް ވެސް ކުރި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް