ads
މޫސާގެ މަރުގެ މައްސަލައިގެ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މުހައްމަދު އިބްރާހިމް
މޫސަގެ މަރުގެ މައްސަލައިގައި މުހައްމަދަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
ތޫނު އެއްޗަކުން ހަމަލާދީ ލ. މާވަށުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި މަރާލާފައިވާ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް ގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ މޫސާ މަރާލި މައްސަލައިގައި ތަހުގީގު ނިމި ދައުވާކުރުމަށް ފޮނުވީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައި ވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރަށް އުފަން އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ގެ މައްޗަށެވެ.

މުހައްމަދު އިބްރާހިމް ހައްޔަރުކުރީ މި އަހަރުގެ ޖުލައި 28 ވަނަ ދުވަހު ކަމަށް ކަމަށާއި އޭނާ ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރު ކަމަށޤ ފުލުހުން ބުނެއެވެ. އަދި މި ހަމަލާގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމަށް ފުލުހުން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް