ads
ތިން މަހުގެ ސަސްޕެންޝަނުގައި ހުރުމަށް ފަހު ތިނަދޫ މޭޔަރު އެނބުރި ކައުންސިލަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ މޭޔަރު ސައުދުގެ ތިން މަހުގެ ސަސްޕެންޝަން އުވިއްޖެ
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް ކުރި ސަސްޕެންޝަން އުވި، މިއަދު މަސައްކަތަށް ނުކުމެވަޑައިގެންފި އެވެ.
Advertisement

އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސައުދު ސަސްޕެންޑުކުރީ މިދިޔަ ޖޫން 25 ގަ އެވެ. އެކަމަކު، ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލަރުން ސަސްޕެންޑުކުރެވޭ އެންމެ ދިގު މުއްދަތަކީ ތިން މަސް ދުވަސް ކަމަށް ވާތީ އެ ސަސްޕެންޝަން މިހާރު ވަނީ އުވިފަ އެވެ.

ސައުދު މިއަދު މަސައްކަތަށް ވަޑައިގެންނެވިއިރު، ތިނަދޫ ސިޓީ ކައުންސިލުން ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

ގާނޫނާ ހިލާފަށް ސަސްޕެންޑުކުރި ކަމަށް ވިދާޅުވެ ސައުދު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އޭގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް