ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
މީޑިއާ ކޮމިޝަނުގެ މަގާމުތަަކަށް ކުރިމަތިލާން ހުޅުވައިލައިފި
އަލަށް އަމަލު ކުރަން ފަށާފައިވާ މީޑިއާތައް ކޮންޓްރޯލު ކުރާ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވައިލައިފި އެވެ.
Advertisement

ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލަން ޖެހޭ ގަވައިދު އާންމުކޮށް ގެޒެޓުކޮށްފައިވާއިރު ކޮމިޝަން މިހާރު ހިންގަނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ފަސް މެންބަރުންގެ އިންތިގާލީ ކޮމިޝަނަކުންނެވެ.

ގާނޫނުގެ ދަށުން އެކުލަވާލާ ހަތް މެންބަރުންގެ ކޮމިޝަނަށް ތިން މެންބަރުން އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ. އަނެއް ހަތަރު މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ.

އޭގެ ތެރޭ ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ ދެ މެންބަރުން އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުން ހިމެނޭނެ އެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. 

އެ އިއުލާނުގައިވާ ގޮތުން ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ އީ-މެއިލަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބު 2025 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ. 

މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ މި ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ގާނޫނޫގެ ދަށުން ބާއްވާ އިންތިހާބު ވެސް ބޯއިކޮޓް ކުރާނެ ކަމަށް އެމްޖޭއޭ ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް