ads
އިފްރާހް
ގޯލްކީޕަރު އިފްރާހް ނިޔާވެއްޖެ
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު، އިފްރާހް އަރީފްއަށް ސްޓްރޯކެއް ޖެހި، އައިސީޔޫގައި ފަރުވާ ދެވެމުން ދިޔުމަށްފަހު، މިރޭ އިފްރާހް ނިޔާވެއްޖެއެވެ.
Advertisement

އިފުރާހު އަކީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ކީޕަރެެވެ.

ރާއްޖޭގެ އުމުރުފުރާގެ ގިނަ ގައުމީ ޓީމުތަކެއްގެ ގޯލު ބެލެހެއްޓި، އިފްރާހު ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

އިފުރާހު ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން، އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ކުޅެފަ އެވެ.

އިފްރާހް ނިޔާވިއިރު އުމުރުން އެންމެ 36 އަހަރެވެ. އިފްރާހް ނިޔާވިއިރު އަތްބެއް ހުރިނަމަވެސް އެ ދެމަފިރިންގެ ދަރިއެއް ނެތެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް