ގުރައިދޫގައި ޑީކޯ ޗެމްބަރު ހުޅުވީ އެމްއެންޑީފްގެ ހޮސްޕިޓަލް ސެނަހިޔާ ހައިޕާބެރިކް ސެންޓަރުގެ ނަމުގަ އެވެ. އެއީ އެމްއެންޑީއެފުން ވެސް ރާއްޖޭގައި އަދި ސަރުކާރުން މާލެއިން ބޭރުގައި ބެހެއްޓި ފުރަތަމަ ޗެމްބަރެވެ.
އެ ސެންޓަރު ގުރައިދޫގައި މިއަދުގެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އެވެ.
ގުރައިދޫއަކީ ސަރުކާރުން ރާއްޖޭގައި ހައިޕަރބެރިކް ސެންޓަރެއް ގާއިމްކުރި ފުރަތަމަ ރަށެވެ. މި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެކެވެ.
ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުނެވެ. އެގޮތުން ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ރަށްރަށުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމަވާނޭކަމަށް ރައީސްވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވައުދުވެވަޑައިގަތް ރަށްތަކުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ޗެމްބަރުތައް ބަހައްޓައި ނިމޭނެ އެވެ.
އެއީ މާލޭގެ އިތުރުން އއ. ރަސްދު އާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އަދި ފުވައްމުލަކާއި އައްޑު އެވެ.