ގުރައިދޫ ސިއްހީ މަރުކަޒުގެ މި މަޝްރޫއަކީ ވެސް، ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތްތައް ފުޅާކޮށް، އެތަންތަން އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
ޖުމުލަ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
ސަރުކާރުން ރޭ ވަނީ ތ. އަތޮޅުގެ ތިން ވަނަ އެއާޕޯޓް ގުރައިދޫގައި އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ.
ތ. ގުރައިދޫއަށް ރައީސް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ރޭ ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ މަސައްކަތް 22 މަސް ތެރޭގައި ނިމޭނެ އެވެ. އަދި 2027 ވަނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ގައި އެއާޕޯޓް ހުޅުވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގުރައިދޫ އެއާޕޯޓުގެ އިތުރުން އެ ރަށަށް ރައީސްގެ އިތުރު ބައެއް ވައުދުތައް:
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;