އައިފޯން 17 ޕްރޯ އާއި ޕްރޯމެކްސް ޕްރީއޯޑަރަށް ވިއްކަން ދިރާގުން ހުޅުވާލީ، 19 ސެޕްޓެމްބަރު ވަނަ ދުވަހުގެ ރޭ ދަންވަރު 12:01 ގައެވެ. ޕްރީއޯޑަރަށް ހުޅުވާލުމާއެކު ހަމަ އެ ދުވަހުގެ ހެނދުނު އައިފޯން 17 ޕްރޯ ހުސްވެފައިވާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ކޮންމެ އަހަރަކު ވެސް އެޕަލްގެ އެންމެ ފަހު ފޯނުތައް ކަސްޓަމަރުންނަށް ގެނެސްދެ އެވެ.
ދިރާގުން އައިފޯން 17 ޕްރީ އޯޑާކުރި ފަރާތް ތަކަށް ފޯނު ހަވާލު ކުރަން ފަށައިފި - ފޮޓޯ: ދިރާގު
އަލަށް ނެރުނު އައިފޯން 17 ގައި އޭ19 ޕްރޯ ޗިޕަކާއެކު، 12 ޖީބީގެ ރެމެއް ހުރެ އެވެ. އައިފޯން 16 ގައި ހުރީ 8 ޖީބީގެ ރެމެކެވެ. އޭގެއިތުރުން އެ ފޯނުގައި އަމިއްލަ ވައިފައި އަދި ބްލޫޓޫތު ޗިޕެއް ވެސް ހުރެ އެވެ.
އެ ފޯނުގައި 24 މެގަޕިކްސެލް ސެންސަރެއް ހުރެ އެވެ. އޭގެ ސަބަބުން ކުރީގެ އައިފޯންތަކަށްވުރެ ސެލްފީތައް ނެގުމުގައި އައިފޯން 17 ގެ ފެންވަރު ވަރަށްބޮޑަށް ރަނގަޅުވާނެ އެވެ.
ކެމެރާއަށް ބަލާއިރު 48 މެގަޕިކްސެލް އަދި 12 މެގަޕިކްސެލްގެ ދެ ގުނަ ޒޫމްކުރެވޭ ޓެލެފޮޓޯ ކެމެރާއެއް ވެސް ހިމެނެ އެވެ.
އައިފޯން 17 ސީރީޒްގެ އަގުތަކަށް ބަލާ އިރު އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އައިފޯން އެއާގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 17 ޕްރޯގެ އަގު 1،099 ޑޮލަރުން ފެށޭ އިރު، ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.
އަައިފޯން 17 ގެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ލެވެންޑާ އާއި މިސްޓް ބްލޫ އާއި ކަޅާއި ހުދު އަދި ސޭޖް އެވެ.