ads
މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ތިން މީހުން. އޭގެ ތެރޭ ޕްރެޒެންޓަރު އިނާޔަތު ހިމެނޭ
ޑްރަގު މައްސަލައެއްގައި ޕީއެސްއެމްގެ ޕްރެޒެންޓަރު އިނާޔަތު ހައްޔަރުކޮށްފި
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ފެނިގެން ދައުލަތުގެ މީޑިއާ، ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޕްރެޒެންޓަރެއް ކަމަށްވާ ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު އަލީ އާއި މއ. މަޒާގެ، މުހައްމަދު އައިޝް އަހުމަދު (31އ) އަދި މއ. މަޒާގެ، އާމިނަތު އިލްޔީން އަހުމަދު (25އ) އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އައިޝް އަހުމަދު ދިހަ ދުވަހަށް އަދި އާމިނަތު އިލްޔީން އަހުމަދާއި އިނާޔަތު އަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އިއްލިއްޔީން މިހާރު ދިރިއުޅޭ ކަމަށް ބުނާ އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުން ބުނާ ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި އައިޝްއާ ގުޅޭ ތަނެއް ބަަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ބުނީ އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ އެއް ބިޑި ފެނިފައިވާ ކަމަށާއި އެތަނުގައި އޭނާގެ އައިޑީކާޑު ވެސް އޮތް ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި އިނާޔަތަކީ މިހާރު ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ އެންމެ ސީނިއާ އެއް ޕްރެޒެންޓަރެވެ. އޭނާ ގެންދިޔައީ ދިވެހިރާއްޖޭގެ އަޑުގައި ވެސް ޕްރޮގްރާމްތައް އުފައްދައި ގެނެސްދެމުންނެވެ.

ޕްރެޒެންޓިންގެ ތެރެއިން ސަރުކާރުގެ އެކި ހަފްލާތައް ވެސް އިނާޔާ ހުށަހަޅައިދެމުން އައިއިރު މިފަހުން އޭނާވަނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ވެރައިޓީ ޝޯކަމަށްވާ ހެއްޔަމްބޯ ވެސް ހުށަހަޅަން ފަށައިފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް