ads
ފޮރިން މިނިސްޓަރު ހަލީލް އދ. ގެ އާންމު މަޖިލިހުގެ ބައްދަލުވުމުގައި އިއްޔެ ތަގުރީރު ކުރައްވަނީ.
ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ނުފެންނަކަމަށް ހެދުމަކީ ބޮޑު ލަދެއް: ރާއްޖެ
ފަލަސްތީނުގައި ހިންގަމުންދިޔަ ގަތުލްއާންމު ނުފެންނަކަމަށް ހަދައިގެން ބައެއް ގައުމުތަކުން ތިބި ތިބުމަކީ މިގަރުނުގެ ބޮޑު ލަދުކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށްވެސް ދިރިހުރުމާއި ރައްކާތެރިކަން ކަށަވަރުވުމުގެ ހަމަހަމަ ހައްގުލިބިގެންވާކަން ބަލައިގަންނަން އެގައުމުތަކުން ދެކޮޅުކަން އެގައުމުތަކުން މިކަމުގައި ގެންގުޅޭ ވިސްނުމާއި ސިޔާސަތުން ހާމަވާކަމަށެވެ.

ހަލީލް ވިދާޅުވީ، ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލްއާންމަށް ވާގިވެރިވެދީ، ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ހައްގުތަކަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދައުވާކުރާ ގައުމުތަކުންކަމަށެވެ.

"އެންމެ ހެއްވާ ކަމަކީ، މި ގަތުލުއާއްމު ހިންގުމަށް ހަތިޔާރާއި އެހީ ފޯރުކޮށްދެމުންދަނީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރާކަމަށް އެންމެ ވަރުގަދައަށް ވަކާލާތުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ވުޖޫދުކުރުމުގެ ފަހަތުގައި ތިބި ގައުމުތައް ކަން،" އޭނާ ވިދާޅުވި އެވެ.

މި ޖަރީމާތައް ހުއްޓުވަން ދުނިޔެއިން ނުކުޅެދުމުގެ ސަބަބުން، އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ގަތަރާއި، ސޫރިޔާ، ޖޯޑަން، ޔަމަނު އަދި އީރާނާ ހަމައަށް ވެސް ފޯރާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ގާނޫނުގެ ބާރު ނުހިނގާ ދުނިޔެއެއްގެ ބިރުވެރި މުސްތަގުބަލު ސިފަކޮށްދެއްވަމުން، ހަލީލް ވަނީ އދ. ގެ އޮނިގަނޑު އިސްލާހުކޮށް، ހަމަހަމަކަމާއި އިންސާފު ގާއިމުކުރަން އަވަސްވެގަތުމަށް ގޮވާލައްވައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް