ads
މި އެއްވުމުގައި އަނިޔާ ލިބުން މީހުން ހޮސްޕިޓަލް އަށް ގެންދަނީ
ވިޖޭގެ ޓީވީކީ ޕާޓީގެ އެއްވުމެއްގެ ތެރެއިން އިންޑިއާއިން ގިނަ ބަޔަކު މަރުވެއްޖެ
ޓަމަޅަ ފިލްމު އެކްޓަރު އަދި ދާދި ފަހުން ސިޔަސީ ދާއިރާ އަށް ނިކުތް ވިޖޭ ތަލަޕަތީ ގެ ޓީވީކީ ޕާޓީގެ އެއްވުމެއްގެ ތެރެއިން ގިނަ ބަޔަކު މަރުވެއްޖެ އެވެ.
Advertisement

ހަބަރު ލިބޭ ގޮތުގައި މި އެއްވުމުގެ ތެރެއިން 39 މީހުން މަރުވެފައިވެފައިވާ އިރު 51 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވެ އެވެ. 

މި ހިތާމަވެރި ހާދިސާ ދިމާވީ ވިޖޭ އޭނާގެ ސިޔާސީ ޕާޓީ ތަމިލާގާ ވެޓްރީ ކަޒާގަމް އަށް މިހާރު ކުރިއަށްދާ ސްޓޭޓް ދަތުރުގެ ތެރެއިން އާންމު ބައްދަލުވުމަކަށް ގިނަ ބަޔަކު އެއްވެފައި ވަނިކޮށެވެ.

އެތަށް އަހަރެން ވަންދެން ތަމަޅަ ސިނަމާގެ އެންމެ ވަރުގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޖޭ ސްޓޭޓް ގަވަރނިން ޕާޓީ ޑީއެމްކޭ އާއި ބޮޑުވަޒީރު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީއިން ވެސް އެ ޕާޓީތަކަށް ވައްދަން އުޅެނިކޮށް  2024 ވަނަ އަހަރު އޭނާގެ ސިޔާސީ ޕާޓީ ލޯންޗުކޮށްފަ އެވެ. އޭނާ ކުރަމުންދާ ކެމްޕޭން ދަތުރުތަކުގައި އޭނާ އާއި ބައްދަލު ކުރަން އާންމުގެ ގިނަ ބަޔަކު އެއްވެ އެވެ. އޭނާ ކެމްޕޭން ކުރަނީ 2026 ވަނަ އަހަރުގެ ކުރީކޮޅު ބާއްވާ ސްޓޭޓް އިންތިހާބަށް ކަމަށް މައުލޫމާތު ލިބެ އެވެ. 

your imageއެއްވުމުގެ ތެރެއިން

އިންޑިޔާގެ މީޑިޔާތަކުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތައް ހާސް ބަޔަކު ކެމްޕެއިންގެ ބޮޑު ވެހިކަލެއް ވަށާލާފައި ތިބިއިރު އޭގެ މަތީގައި ވިޖޭ ކޮޅަށް ހުރެ ވާހަކަ ދައްކަމުންދެ އެވެ. 

ތަމިލް ނާޑޫގެ ޕޮލިސް ޗީފް ޑީޖީޕީ ވެންކަޓްރަމަންއާ ހަވާލާދީ އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިޖޭ އެތަނަށް ވަޑައިގަތުން ލަސްވުމުން އެއްވެ ތިބި މީހުން ތިބީ ރުޅިގަދަވެފައި ކަމަށެވެ 

"ވިޖޭ ހަވީރު 7:40 ހާއިރު އައިއިރު ވެސް އެއްވެ ތިބި މީހުން ތިބީ ބޭނުންވާ ވަރަށް ފެނާއި ކާއެއްޗެހި ނުލިބި . އެއީ ހަގީގަތް،" ފުލުހުންގެ އިސްވެރިޔާ ވިދާޅުވި އެވެ.

އެ އެއްވުމުގައި ވިޖޭ ވަނީ ވެހިކަލްގެ މަތިން  ހޭނެތެމުން ދިޔަ ސަޕޯޓަރުންނާއި ދިމާލަށް ފެންފުޅި އުކާ ފުލުހުންގެ އެހީތެރިކަމަށް ގޮވާލާފަ އެވެ. ނަމަވެސް ފުލުހުންނައް ވަނީ އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ނުކުރެވިފައި އެވެ. 

ވިޖޭ އޭނާގެ އެކްސްގައި ލިޔުން ގޮތުގައި މިކަމާއި ގުޅިގެން އޭނަ ހިތާމަ ކުރާކަމަށާއި މިކަމުގައި ފުރާނަ ގެއްލުން އަދި އަނިޔާތައް ލިބުމުން މީހުންގެ އާއިލާތަކަށް ތައުޒިއްޔާ ކިޔާ ކަމަށާއި ހަމްދަރުދީ ވާ ކަމަށެވެ.

your imageވިޖޭ ތަލަޕަތީ

މިކަމާއި ގުޅިގެން ޗީފް މިނިސްޓަރު ސްޓާލިން ވަނީ ގެއްލުން ލިބުން ކޮންމެ މީހެއްގެ އާއިލާ އަކަށް 1 މިލިއަން ރުފީސް ދޭން ނިންމާ މިކަން ތަހުގީގު ކުރަން އިންކުއަރީ ކޮމިޓީއެއް އެކުލަވާލާފަ އެވެ. 

މިއީ މިފަދަ ހާދިސާއެއް ވިޖޭގެ ޕާޓީގެ އެއްވުންތަކުގައި ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ. އެ ޕާޓީ ބޭއްވި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި ރިލޭގެ ތެރެއިން މަދުވެގެން 6 މީހުން މަރުވެފައިވާ ކަމަށް އިންޑިޔާގެ މީޑިޔާތަކުން ބުނެ އެވެ. މިކަމާއި ގުޅިގެން އިންޑިޔާގެ ގިނަ ބަޔަކު ބުނަމުން ދަނީ އެ ޕާޓީން ބާއްވާ އެއްވުންތަކުގައި ސަލާމަތީ ފިޔަވަޅުތަކަށް މާބޮޑު ސަމާލުކަމެއް ނުދޭކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް