ads
ބޭޓްސް އޮފް ބޮލީވުޑްގެ ޕޯސްޓަރު
ދަ ބޭޑްސް އޮފް ބޮލީވުޑްގެ ދެ ވަނަ ސީޒަން އެއް ހަދަނީ
ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެން ދިޔަ ދަ ބޭޑްސް އޮފް ބޮލީވުޑްގެ ދެ ވަނަ ސީޒަން އެއް ހަދަން ނިންމާފައިވާ ކަމަށް އިންޑިޔާގެ މީޑިޔާތަކުން ބުނެފި އެވެ.
Advertisement

އަރިއަން ހާން ލިޔެ ޑައިރެކްޓްކޮށް މި މަހު ގެނެސްދިން ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަންއެއް އުފައްދަން ނިންމާފައިވުމުން އެއީ ގިނަ ބަޔަކަށް ލިބުން ވަރަށްވެސް އުފާވެރި ހަބަރެ ކެވެ. 

މި ސީރީޒް އަކީ އަރިއަންގެ އާއިލީ ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން ސީރީޒެކެވެ. 

7 އެޕިސޯޑު ހިމެނޭ މި ސީރީޒް ގައި ބޮލީވުޑްގެ ކުރީގެ އަދި މިހާރުގެ ފަންނާނުންވެސް ފެނިގެންދެ އެވެ.

އެ ސީރީޒް ބިނާކޮށްފައިވަނީ ބޮލީވުޑް ދިރިއުޅުމުގެ މައްޗަށެވެ. 

މި ސީރީޒްގެ މައިގަނޑު ލީޑު ތަރިންގެ ތެރޭ ލަކްޝް ލަލްވާނީ، ބޮބީ ޑިއޯލް، ޝަހެރް ބާމްބާ، ރާގަވް ޖުޔަލް، މޯނާ ސިންގް އަދި އަނިއާ ސިންގް ހިމެނެ އެވެ.

your imageއާރްޔަން ހާން

އިންޑިއާގެ މީޑިއާތަކުންނާއި ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ފަރާތުން އަރިއަންގެ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އަށް ތައުރީފުގެ ބަސްތައް އޮހެމުން އަންނައިރު މި ސީރީޒްގެ ސީކުއަލްއަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަރިއަން ވަނީ ދެވަނަ ސީޒަންގެ އަމަލީ މަސައްކަތް މިހާރު ފަށާފަ އެވެ.

އަރިއަން ފިލްމު ޑައިރެކްޝަނަށް ތައާރަފުވުމުގެ ގޮތުން އުފެއްދި "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ މަންޒަރުތައް ފުރިހަމަކަމުން ފިލްމު ކްރިޓިކުން ވެސް ވަނީ އަރިއަށްއަށް ވަރަށް ބޮޑަށް ތައާރަފުކޮށްފަ އެވެ.

ބައެއް ކްރިޓިކުން ދެކޭގޮތުގައި އަރިއަންއަކީ އެކްޓިންގް ދާއިރާގައި ވެސް މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ޒުވާނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް