މިދިޔަ ބުރާސްފަތި ދުވަހު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މީހަކީ، ހ. ސެމޯއާ، އިސްމާއިލް ނައުފަލްއެވެ. ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ދެ މައްސަލައެއް ސާބިތުވިއެވެ. އެއީ، ކެނެބިސް ބޭނުންކުރުމުގެ ދައުވާއަކާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.
ނައުފަލްގެ މައްޗަށް ދައުވާ ކުރެވުނު ދެ މައްސަލައިގެ ތެރެއިން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވެއެވެ. އަދި ކެނަބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެ އިތުރު ތިން އަހަރުގެ ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ.