ads
ކޮންޓެންޓް ކްރިއޭޓަ ފައިނޭންސިންގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން އަދި ވީޑިއޯގްރާފަރުންނަށް ރަހުނަކާ ނުލާ 150,000ރ.އާ ހަމައަށް ފައިނޭންސިން ލިބޭނެ.
ކޮންޓެންޓް ކްރިއޭޓަރުންގެ ލޯނަށް ހުޅުވާލައިފި
ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން އައު ފައިނޭންސިން ހިދުމަތެއް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ތައާރަފުކޮށްފި އެވެ.
Advertisement

އެ ކުންފުނިން ބުނީ ރަހުނަކާ އެކު 500،000ރ. އަދި ރަހުނަކާ ނުލައި 150،000ރ. ގެ ލޯނު ލިބޭނެ ކަމައެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިނޭންސް ސްކީމެއްގެ ފުރުސަތު ސަރުން ހުޅުވައިލުމުގެ މައިގަނޑު ބޭނުމަކީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމެވެ. އެގޮތުން ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އިންފްލުއެންސަރުންނާއި ވީޑިއޯގްރާފަރުންނަށް އެ މީހުންގެ ވަސީލަތްތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ އިތުރުން އާ ފުރުސަތުތަކެއް މި ލޯނު ސްލީމްގެ ދަށުން ފަހިކޮށްދޭނެ އެވެ.

މި ފެސިލިޓީއަށް އެސްޑީއެފްސީގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ އެވެ. ދިވެހި ޒުވާނުންނަކީ މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ތިބި ބައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް