ގއ. މާމެންދޫގައި އަހުމަދު އުދައްޔު މަރާލި ދެ މީހުމން މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
                            
                            
                            
                               
                               
Advertisement
 އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ އުދައްޔުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ ޝަމީމާއި މާޒިން މެރުމަށް ހުކުމް ކުރެއްވީ ކަމަށެވެ. 
މި މައްސަލައިގައި އުދައްޔުގެ މަންމަ ބުނީ ބޭނުންވަނީ މަރަށް މަރު ކަމަށެވެ
"ހަމަ މަރަށް މަރު މަ ބޭނުމީ، ނަފްސަކަށް ނަފްސެއް މަ ބޭނުމީ." އުދައްޔުގެ މަންމަ ބުންޏެވެ. 
އުދައްޔުގެ މަރާ ގުޅިގެން ދެ މީހަކު މެރުމަށް ހުކުމްކުރި ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެވެ.