ads
ހުޅުމާލޭގައި ބޭއްވި ނައިޓް މާކެޓްގެ ތެރެއިން
ހުއްދަ ނުނަގައި އިވެންޓުތަކަށް ސްޓޯލް ވިއްކަމުންދާތީ ސަމާލުވާން އެޗްޑީސީ އެދެފި
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓުތަކާއި ފެއާތައް ބޭއްވުމަށް އެޗްޑީސީން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން އިވެންޓު ބާއްވަމުންދާތީ އެކަން އެގޮތަށް ނުކުރުމަށާއި އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުނަގާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
Advertisement

އެޗްޑީސީން ނެރުން ނޫސް ބަޔާނެއްގައިވާ ގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނިން ނަގަންޖެހޭ ހުއްދަ ނެގުމެއް ނެތި އިވެންޓުތަކާއި ފެއާތައް ބޭވުމަށް ރާއްވާ ސްޓޯލްތައް ވިއްކަމުން ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެހެންކަމުން ހުޅުމާލޭގައި ބާއްވާ އެއްވެސް އިވެންޓަކުން ސްޓޯލް ގަތުމުގެ ކުރިން އެކަން ރާއްވާ ހިންގަމުން ދަނީ އެ ކުންފުނިން ނަގަން ޖެހޭ ހުއްދަ ނަގައިގެންތޯ އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސަސް ޝެކްސަންގެ ނަމްބަރު 3356112 އަށް ގުޅައިގެން ޔަގީން ކުރުމަށް އެ ކުންފުނިން ވަނީ އެދިފައި އެވެ. 

"މި ކޯޕަރޭޝަންއިން ނަގަން ޖެހޭ ހުއްދަ ނުނަގާ މި ގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި، ސްޓޯލްތައް ގަތުމުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާއެއް ނުވާނަން" އެޗްޑީސީން ކުރި އިއުލާނެއްގައި ވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ 14 މެއި 2025 ގައި އާންމުކޮށްފައިވާ އިއުލާނާ އެއްގޮތަށް ހުޅުމާލޭގައި ފެއާ/ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެކަން ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

ހުޅުމާލެ އަކީ ރާއްޖޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އަދި އާބާދީ ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ތަނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް