ads
ރ. އަލިފުށީގައި ބީއެމްއެލްގެ އާ އިމާރާތް ބިންގާ އެޅުން - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން އަލިފުށީގައި އާ ބްރާންޗެއްގެ ބިންގާ އަޅައިފި
މާޅޮސްމަޑުލު އުތުރުބުރީ، އަލިފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމްކުރުމުގެ ބިންގާ އަޅައިފި އެވެ.
Advertisement

މިއަދު އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސް، އާދަމް ޝަރީފު އުމަރާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފުގެ އިތުރުން ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރަށްރަށުގައި އޭޓީއެމްތައް ގާއިމް ކުރުމާއެކު ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމަށް ބްރާންޗުތައްވެސް ގާއިމްކުރުން މުހިންމު ކަމަށެވެ. އަދި ބީއެމްއެލްގެ ހިދުމަތްތައް ޑިޖިޓަލައިޒް ވެގެންދާއިރު މިހާރުވެސް ރަށްރަށުގައި މި ހިދުމަތްތައް މުހިންމު ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.

މިހާރު ވެސް ބީއެމްއެލް އިން އަންނަނީ ރ. އުނގޫފާރާއި ދުވާފަރާއި މީދޫގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ބްރާންޗުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ދަނީ ބިޔަ މަޝްރޫޢެއް ހިންގަމުންނެވެ. އެގޮތުން ބޭންކުން މިހާރު ވަނީ 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތްތައް ގާއިމުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް