ads
ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެށުން -ފޮޓޯ/ބީއެމްއެލް
ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރ. ވާދޫ އާއި ރަސްގެތީމުއަށް
މާޅޮސްމަޑުލު އުތުރުބުރީ ވާދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރ. ވާދޫ އާއި ރަސްގެތީމުގައި އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.
Advertisement

އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

  • ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް  

  • ވަޒީރު އާދަމް ޝަރީފް  

  • އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން

  • ބީއެމްއެލްގެ އިސްބޭފުޅުން

ރ. ވާދޫ އާއި ރަސްގެތީމުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ހިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

މިއަދު ބީއެމްއެލް އިން ވަނީ ރ. އަލިފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމްކުރުމުގެ މަސައްކަތުގެ ބިންގާ ވެސް އަޅައިފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ތެރެއިން މިހާތަނަށް 15 އަތޮޅެއްގައި މި ހިދުމަތް ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް