ads
ބައްސާމް އަދި ޖަވާޒް
ޑޮލަރު ގަތްވަރު ބައްސާމް ހަނދާން ނެތިއްޖެ
އެފްއޭއެމްގެ ރައީސްކަމުގައ ހުރިއިރު ޑޮލަރު ގަތް ކަމަށާއި އެކަމަކު ކިހާވަރެއް ކަމެއް އަދި މުއާމަލާތް ހިންގީ ކޮން އިރަކު ކަމެއް ހަނދާނެއް ނެތް ކަމަށް ބައްސާމް ޝަރިއަތުގައި ބުނެފިއެވެ.
Advertisement

ޑޮލަރު ގަތްކަމަށާއި އެކަމަކު ކިހާވަރެއްކަން ހަނދާން ނެތް ކަމަށް ބައްސާމް ބުނީ،  އޭނާއާ ދެކޮޅަށް އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ އެންމެ ފަހު އަޑު އެހުމުގައެވެ. 

މި ދެ މައްސަލައިގެ އަޑު އެހުން މިއަދު ނިމުނުއިރު މި ދެ މައްސަލަ ސާބިތުވެއްޖެނަމަ ދިގު މުއްދަކަށް ބައްސާމް ޖަލަށްލާނެއެވެ. މިއަދު އޮތް ޝަރިއަތާއެކު މި ދެ މައްސަލައިގެ އަޑު އެހުން ނިމި ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުން ނިންމާލުމުގެ ކުރިން އެ މައްސަލަ ބައްލަވާ ގާޒީ ބައެއް ސުވާލުތައް ބައްސާމުއާ ކުރެއްވި އެވެ. އެގޮތުން ޑޮލަރު ގަތުމުގެ މުއާމަލާތްތައް ބައްސާމާއި އެފްއޭއެމާ ދެމެދު ކުރިން ކޮށްފައިވޭތޯ ގާޒީ ސުވާލު ކުރެއްވި އެވެ. 

ޖަވާބުގައި ބައްސާމް ބުނީ ޑޮލަރު ގަތުމުގެ މުއާމަލާތް ކުރިން ވެސް ހިންގާ ކަމަށެވެ. ނަމަވެސް އެގޮތަށް ހިންގާފައި ހުރި މުއާމަލާތްތަކުގެ އަދަދު ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.

"ހުންނާނެ ޑޮލަރު ގަނެފައި. ސީދާ ކިހާވަރެއް ކަމެއް، ކޮންއިރަކު ކަމެއް ހަނދާނެއް ނެތް،." ބައްސާމް ބުންޏެވެ. ޑޮލަރު މާރު ކުރުމުގެ މުއާމަލާތްތައް ހިންގަނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވުމުން ބައްސާމް ބުނީ އެކަން ކުރަނީ އެފްއޭއެމްގެ ފައިސާއާ ބެހޭ ޑިޕާޓްމެންޓުން ކަމަށެވެ.

މިއަދު އަޑު އެހުން ނިމުނު ދެ މައްސަލައިގެ މި ދައުވާގައި ދައުލަތުން ވަނީ އެ 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. 

މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެހެންކަމުން މި މައްސަލަ ސާބިތުވެއްޖެ ނަމަ ބައްސާމްގެ މައްޗަށް ބޮޑު ހުކުމެއް އަންނާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް