ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޔުއާންއިން ހަދާ ޓީޓީތަކަށް 50 ޕަސެންޓާ ހަމައަށް ދިވެހި ރުފިޔާއިން ދެއްކުމަށް ފަހު، ބާކީ ބައި ޔުއާންއަށް ބަދަލުކޮށްގެން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ޔޫރޯއިން ހަދާ ޓީޓީތަކުގެ 50 ޕަސެންޓާ ހަމައަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށްފަހު އަނެއް ބައި ދައްކަން ޖެހޭނީ ޔޫރޯއިންނެވެ.
ޓީޓީ މުއާމަލާތަށް އަރާ އަދަދުގެ ބާކީ ބައި އެ ކަރަންސީއަކުން ނުވަތަ ޑޮލަރު އެ ކަރަންސީއަކަށް މާރުކޮށްގެން ހަމަޖައްސައިދޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ކުރިން ޑޮލަރު ސަޕޯޓުގެ ގޮތުގައި ދެނީ ކުރާ މުއާމަލާތުގެ 10 ޕަސެންޓާ ހަމައަށެވެ. ނަމަވެސް މި ފަހުން ރާއްޖޭގައި ޑޮލަރު ތާށިކަން ބޮޑުވެ، ބޭންލުން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދޭ މިންވަރު 30 ޕަސެންޓަށް މަތިކޮށްފަ އެވެ.
އަދި މިހާރު 30-50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެމުން ދެ އެވެ.