ads
ކާނިވަލްގެ ތެރެއިން
ޓުމޯރޯ އައިލެންޑް ފަން ކާނިވަލް ކުރިޔަށް ދަނީ
ޓުމޯރޯ އައިލެންޑްގެ ފަރާތުން ބާއްވާ ފަން ކާނިވަލް ފަށައިފި އެވެ.
Advertisement

މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދިޔަ މި ކާނިވަލް މި އަންނަ މަހުގެ 2 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށް ދާނެ އެވެ. 

މި ކާނިވަލް ކުރިޔަށް ދަނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ތެރޭގައި އެވެ.

މި ކާނިވަލްގެ ތެރޭގައި އެކި އުމުރުފުރާތަކަށް ހާއްސަ އެކި އެކި އާކޭޑް ގޭމްސް އަދި އެކި ކަހަލަ ސްޓޯލްތައް ހުޅުވާލެވިފައި ހުންނާނެ ކަމަށް ކާނިވަލް އިންތިޒާމް ކުރި ޓުމޯރޯ އައިލެންޑުން ބުނެ އެވެ.

"ކުދި ވިޔަފާރިތަކަށް ހާއްސަ ސްޓޯލެއް މި ފެއާގައި އިންނާނެ. މީގެ އިތުރުން ކުޑަކުދިން ގަޔާވާނެ ފަދަ ކުޅޭ އެއްޗެހި ހުރި ސްޓޯލެއްވެސް އިންނާނެ. އަދި އެކި ވައްތަރުގެ ކާތަކެތި ހުރި ސްޓޯލެއްވެސް މި ފެއާގައި ހިމެނޭނެ" ޓުމޯރޯ އައިލެންޑުން މައުލޫމާތު ދެ އެވެ

މިކަން އިންތިޒާމް ކޮށްފައިވަނީ އާންމުންނަށް ކާނިވަލެއްގެ އެކްސްޕީރިއެންސް ފޯރުކޮށްދިނުމަށް ކަމަށް އެ ބޭފުޅުން ބުނެ އެވެ. 

މީގެ އިތުރުން ރޭގަނޑު ބޮޑުބެރު އަދި މިއުޒިކް ސޯ ތަކެއް ކުރިޔަށް ދާނެ ކަމަށް އެ ބޭފުޅުން މައުލޫމާދެ އެވެ. 

ވަނުން މުޅިން ހިލޭ ކަމަށާއި ނަމަވެސް ގޭމްތަކުގައި ބައިވެރިވާ ނަމަ އެ ގޭމް ތަކަށް ޓިކެޓް ނަގަން ޖެހޭނެ ކަމަށް އެ ބޭފުޅުން މައުލޫޫމާތުދެ އެވެ.

ގޭމް ތަކުގެ ޓިކެޓުގެ އަގުތަކަށް ބަލާ އިރު ކުޑަކުދިންގެ ގޭމް ތަކަށް 35 ރުފިޔާއަށް ޓިކެޓް ލިބޭ އިރު ދެން ހުރި ގޭމްތަކަށް 50 ރުފިޔާ އަށް ޓިކެޓް ލިބޭނެ ކަމަށް އެ ބޭފުޅުން ބުނެ އެވެ. 

your imageކާނިވަލްގެ ތެރެއިން

މި ކާނިވަލްގެ ތެރޭގައި ފޮޓޯ ބޫތެއްވެސް ބެހެއްޓިފައިވާނެ ކަމަށް އެ ބޭފުޅުން ފާހަގަ ކުރެ އެވެ. 

މި އިވެންޓުގެ މެއިން ޕާޓްނަރަކީ މާލޭ ސިޓީ ކައުންސިލް ކަމަށާއި ޕްރިމިއަމް ޕާޓްނަރަކީ މެލްޓްސް ކަމަށް ޓުމޯރޯ އައިލެންޑުން ބުނެ އެވެ. 

މި ކާނިވަލް ހުޅުވިފައިވާނީ ހުންނާނީ ހަވީރު 4 ކުން ފެށިގެން ރޭގަނޑު 12 ޖަހަންދެން ކަމަށް އެ ބޭފުޅުން ބުނެ އެވެ. 

އެ ބޭފުޅުން ފަހަގަ ކުރާ ގޮތުގައި އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދާތީ މި އަންނަ މަހުގެ 4 ވަނަ ދުވަހާއި ހަމަޔަށް މި ފެއާ ކުރިޔަށް ގެންދަން ވިސްނަމުން ދާ ކަމަށެވެ.

ކުރިޔަށް އޮތްތަނުގައި މިއަށް ވުރެން ބޮޑު ކޮށް އަދި މާ ފުރިހަމަކޮށް ފެއާ އެއް ބާވަން ވިސްނަމުން އަންނަ ކަމަށް އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ. 

އެ ބޭފުޅުން ވިދާޅުވި ގޮތުގައި އެ ފެއާގެ ސްޓޭޖްގެ ވަނީ ހުރިހާ ބޭފުޅުންނައް ވެސް ހުޅުވާލެވިފައި ކަމަށާއި ޓްލެޓް ދައްކާލަން ބޭނުންވާ ފަރާތަކުން އެ ބޭފުޅުންނާއި ވާހަކަ ދައްކާލުމުން އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް