ads
ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ޗައިނާއަކީ ތަސައްވުރާއި، އިންސާނީ ރޫހުގެ ގާބިލު ތާރީހެއް އޮތް ގައުމެއް: ރައީސް
ޗައިނާއަކީ ކެތްތެރިކަމާއި، ތަސައްވުރާއި، އިންސާނީ ރޫހުގެ ގާބިލު ތާރީހެއް އޮތް ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ޗައިނާގެ 76 ވަނަ ގައުމީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ ރަހްމަތްތެރިކަމަށް ވުރެ ބޮޑު ގުޅުމެއް ކަމަށެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުންތައް ލިޔެވިފައި އޮތީ އެއްބަސްވުންތަކުގެ މައްޗަށް އެކަނި ނޫން ކަމަށާއި އެއީ ހަނދާންތަކާއި ހިއްސާކުރެވޭ ދަތުރުތަކާއެކު ހަގީގީ ރަހްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ބިނާވެފައިވަނީ އެއްބަސްވުންތަކާއި ކޮންކްރީޓު އަދި ދަގަނޑު ބިނާތަކެއްގެ މައްޗަށް ނޫން ކަމަށެވެ.

މިގޮތުން، މާލޭގައި ގާއިމުކޮށްފައިވާ ސިނަމާލެ ބުރިޖުން ފެށިގެން އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ބޯހިޔާވަހިކަމުގެ ޔުނިޓުތަކާއި އެތަކެއް ދަރިވަރުންތަކެއް ކިޔަމުންދާ ކްލާސްރޫމްތަކާއި ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުންގެ އަދަދުތަކަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގާއިމުވެފައި އޮތް އެ ރަހުމަތްތެރި ގާތްގުޅުމުގެ ރަމްޒެކެވެ.

ޗައިނާ އިން ހޯދި ކާމިޔާބީތައް އަމިއްލަ ތަޖުރިބާ އިން ވަޒަން ކުރެއްވިފައިވާ އިރު، ޗައިނާ ރައްޔިތުންގެ މެހްމާންދާރީ ވެސް ތަޖުރިބާ ކުރެއްވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ވަގުތުތައް ހަނދާންކޮށްދެނީ އަޅުގަނޑުމެންގެ ގުޅުން މިންކުރެވެނީ ދަގަނޑާއި ގަލަކުން ނޫން ކަން. އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި އޮންނަ އިހްތިރާމާއި އެއްބައިވަންތަކަމުގެ ގުޅުންތަކުގެ މައްޗަށް ކަން،" ރައީސް ވިދާޅުވި އެވެ.

އަދި ކުދި ގައުމުތައް ބާކިނުވާނެފަދަ ގޮތަކަށް ދުނިޔެ ބައްޓަންކުރުމުގައި ޗައިނާއިން ކެނޑިނޭޅި ކުރާ ވަކާލާތު ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެއާ އެކު ރައީސް ވަނީ، މުސްތަގުބަލުގައި ވެސް، ސިޔާސީ، ވިޔަފާރި، ތައުލީމު ފަދަ ގިނަ ދާއިރާތަކުން ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ފުޅާކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް