އެ ހިދުމަތަކީ އުރީދޫގެ ކަސްޓަމަރުންނަށް ދަތުރުތަކުގައި ލުއިފަސޭހަ އަދި ލަގްޒަރީ ގޮތްތަކެއް ފަހިކޮށްދީ، ލޯޔަލްޓީގެ އަގުވަޒަން ކުރުމުގެ ގޮތުން ފޯރުކޮށްދޭ ހިދުމަތެކެވެ.
ކްލަބް ޕްރިމިއާ ގޯލްޑް ނުވަތަ ޕްލެޓިނަމް މެމްބަރެއްގެ ގޮތުގައި ތިން މަސް ދުވަސް ދެމިހުންނަ ފަރާޓްތަކަށް ޕްރިއޯރިޓީ ޕާސް ނެގޭނެ އެވެ. ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ލައުންޖުތަކަށް ވަދެވޭނެ އެވެ.
ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއާ މެންބަރުންނަށް ޕްރިއޯރިޓީ ޕާސް ލިބުމަކީކަސްޓަމަރުންނަށް ލިބެމުންދާ ބެނެފިޓްސް އާއީ ފައިދާތައް އިތުރަށް ފުރިހަމަވެގެންދާ ކަމެކެވެ. އުރީދޫން މަސައްކަތް ކުރަމުންދަނީ ރައްޔިތުން ގުޅުވައިދިނުމުގެ އިތުރަށް، ދިރިއުޅުމުގެ އެކި ކަންކަމުގައި ފުރިހަމަ އެކްސްޕީރިއަންސް ފޯރުކޮށްދީ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމަށެވެ.
ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމަށް ސޯޝަލް މީޑިއާ ނުވަތަ ލައިވް ޗެޓް މެދުވެރިކޮށް އުރީދޫ ކަސްޓަމާ ސާވިސް އަށް މެސެޖުކޮށްލުމަށް އުރީދޫ މޯލްޑިވްސް އިން އެދެއެވެ.