ads
އިންޑިއާގެ ދިއްލީ އެއާޕޯޓް
އިންޑިއާއަށް ދާއިރު އޮންލައިންކޮށް އެރައިވަލް ކާޑު ފުރަންޖެހޭ ގޮތް ހަދައިފި
އިންޑިއާގެ އިމިގްރޭޝަނުން ގެނައި ބަދަލާ އެކު، މާދަމާ އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ މީހުން "އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު" ފުރަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
Advertisement

އިންޑިއާގެ ހޯމް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން، މިހާރު އެއާޕޯޓަށް ގޮސް، އެރައިވަލް ފޯމެއް އަތުން ފުރަން ޖެހުމުން ކިޔޫތައް ދިގުވެ، ލަސްތައް ދިމާވެ އެވެ.

އިންޑިއާގެ އިމިގްރޭޝަނުން ބުނި ގޮތުގައި އެ ގައުމަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން މި ކާޑު އޮންލައިންކޮށް ފުރައި ހުށަހެޅޭނެ އެވެ.

އީ-އެރައިވަލް ކާޑު އެ ގައުމުގެ އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ފުރައިލެވޭނެ އެވެ.

އެ ބަދަލުތައް ގެނައުމަކީ އެއާޕޯޓުގައި ގިނަ ވަގުތުވާ ކަންތައްތައް މަދުކުރުމާއި، ކަރުދާސް ބޭނުން ކުރުން މަދުކުރުން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ވެއެވެ.

މި ބަދަލާއިއެކު އިންޑިއާ އަށް މަސައްކަތްކުރަންދާ މީހުންނާއި ޓޫރިސްޓުންނާއި ކިޔަވަންދާ ކުދިންނާއި ވިޔަފާރީގެ ބޭނުމަށްދާ މީހުން ވެސް މި ޑިޖިޓަލް ކާޑު ފުރަން ޖެހޭނެ އެވެ. އިންޑިއާ އަކީ ގިނަ ދިވެހިން ގޮސް އުޅޭ އެއް ގައުމުމެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް