މީގެ ކުރިން ގެދޮރު ގަތުމަށް އެ ބެންކުން ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިވަރު ހުރީ 20 އިންސައްތައިގަ އެވެ. އެ މިންވަރު ފަސް ޕަސެންޓަށް ދަށްކުރުމަކީ ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުން ގެނައި ހެޔޮ ބަދަލެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދިވެހިން ގެދޮރުވެރިކަން ހޯދަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެ ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީ ދަށްކުރުމުން، ގެދޮރުވެރިކަން ބޭނުންވާ މީހުންނަށް މާލީ ގޮތުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު ތިން މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.
ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޚާއްސަކޮށް މާލެ ސަރަހައްދަށެވެ.