ފުލުހުން މިއަދު ބުނީ ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ އެކްސަސައިޒްތަކުގެ ތެރެއިން އެކްސަސައިޒްތަކެއް ފަށާފައިވާ ކަމަށާއި މި އެކްސަސައިޒުތައް މިއަދާއި މާދަމާ ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
މި އެކްސަސައިޒްތަކުގައި ދިމާވެދާނެ ހާލަތަކަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބަލައި، ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަމްރީނުތަކުގައި، ދިމާވެދާނެ ހާލަތަކަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބަލައި، ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން އެ ތަމްރީނުތައް ކުރިއަށްގެންދަނީ، "ލޫޓުވައިފި"ގެ ނަމުގައި ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމްޑީޕީން ހުކުރު ދުވަހު މުޒާހަރާއެއް ބާއްވަން ދުރާލައި އިއުލާނުކޮށް ތައްޔާރުވަމުން ދާއިރު ރާއްޖޭގެ އެކި ހިސާބުތަކުން ވެސް މުޒާހަރާއަށް މީހުން އަންނަ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި މި މުޒާހަރާގައި ހަމަނުޖެހުން ހިންގަން ރާވާ ކަމުގެ ތުހުމަތު ފުލުހުން ކޮށްފައި ވާއިރު އެމްޑީޕީން ވަނީ ފުލުހުން ހަދަނީ ދޮގު ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ.