ads
ފްލޮޓިލާގެ ބައެއް ބައިވެރިން. އިސްރާއީލު ސިފައިން އަންނަނީ އުޅަނދުތަކަށް އަރައި މީހުން ހައްޔަރު ކުރަމުން. ފޮޓޯ/ރޮއިޓާސް
ފްލޮޓިލާ އިސްރާއިލުން ހުއްޓުވުން ކުށްވެރި ކުރަން: ރައީސް
ގާޒާއަށް މުހިންމު އިންސާނީ އެހީތައް ގެންދަމުން ގްލޯބަލް ސުމޫދު ފްލޮޓިލާ އިސްރާއިލުން ހުއްޓުވުން ކުށްވެރި ކުރާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އިސްރާއީލުން ގާޒާގެ މުސްލިމުން "ހިސޯރު" ކޮށްފާވާތީވެ އިސްރާއީލަށް ޕްރެޝަރުކުރުމަށް ބައިނަލްއަގްވާމީ އެކްޓިވިސްޓުންނާއި އެކު ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ 13 އުޅަނދެއް އިޒްރާއިލުން ވަނީ ހިފަހައްޓާ އޭގައި ތިބި މީހުން ހައްޔަރުކޮށްފައި އެވެ. 

މިކަމާއި ގުޅިގެން ރައީސް ވިދާޅުވީ ހާލުގައި ޖެހިފައިވާ ގައުމަކަށް އެހީ ވުމަށް ދަތުރުކުރަމުން ދިޔަ އާންމުން ތިބި އަދި ހަތިޔާރުވެސް ނާޅާ ބޯޓުތަކެއް މިހެން ހިފެހެއްޓުން އެއީ ވަރަށް ބިރުވެރި އަދި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ފަދަ ކަންކަމަކީ އެއްގޮތަކަށްވެސް ހިތްވަރު ދެވިގެން ވާނެ ކަމެއް ނޫން ކަމުގަ އެވެ.

 

މިނިވަންކަމާއި އަސާސީ ބޭނުންތަކުން މަހުރޫމްވެފައިވާ އާބާދީއަކަށް އަސާސީ ތަކެތި ހިފައިގެން ދިޔަ ކޮންވޯއީއެއް މިފަދަ ގޮތަކަށް ހުއްޓުވުމަކީ އިންސާނިއްޔަތާއި ބައިނަލްއަގްވާމީ ގާނޫނަށް ކުރާ ވަރަށް ބޮޑު މަލާމާތެއް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

" އިސްރާއިލުން ކުރަމުން އަންނަ ލާއިންސާނީ އަމަލަތަކުގެ ސަބަބުންނާއި އިންސާނުންނައް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އިސްރާއިލުން ވަނީ އެ ގައުމު އެހެން ގައުމުތަކާއި އެކަހެރިކޮށް ބާކީ ކޮށްލަން އެހެން ގައުމުތަކަށް މަޖުބޫރު ކުރުވާފަ" ރައީސް ވިދާޅުވި އެވެ

ރައީސް ވަނީ އިސްރާއިލުން ކުރަމުން އަންނަ މި ފަދަ ލާއިންސާނީ ކަންކަމާއި ދެކޮޅަށް ދުނިޔޭގެ އެހެން ގައުމުތަކުން ފިޔަވަޅު އަޅާ އެހެން ގައުމުތަކަށް ވެސް މިސާލެއް ގާއިމު ކުރުމަށް ގޮވާލާފަ އެވެ.

އިންސާނީ ހައްގާއި، އިންސާފާއި، ސުލްހައާއި، ސަލާމަތަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ އިންސާފުވެރި މަސައްކަތުގައި ދިވެހިން ކޮޅަށް ތެދުވަނީ ފަސްނުޖެހި އެއްބައިވަންތަކަމާއި އެކު ކަމަށް ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ފްލޮޓީލާގެ ދަތުރުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނޭ، ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ދަތުރުކުރި ބޯޓު ހުއްޓުވައި އޭނާ ހައްޔަރުކޮށް އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށަށް ރޭގެ ދަންވަރު ވަނީ ގެންގޮސްފަ އެވެ. ކުރިން ވެސް މީގެ ދަތުރެއްގައި ބައިވެރިވުމުން އޭނާ ހައްޔަރުކޮށް އިޒްރޭލުން ޑީޕޯޓްކޮށްފައިވެ އެވެ.

އިޒްރޭލުން އުޅަނދުތަކަށް ހުރަސްއަޅައި ބައެއް އުޅަނދުތަކަށް އަރައި މީހުން ހައްޔަރުކޮށްފައި ވަނީ "އިޒްރޭލުން ބަންދުކޮށްފައިވާ" ސަރަހައްދަށް ވަނުމުން ކަމަށް ބުނެ އެވެ. އެކަމަކު ފްލޮޓީލާގެ މެންބަރުން ބުނަމުންދަނީ އިޒްރޭލުން ގާޒާ އާއި ގާޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެހެންވެ އެ މީހުންގެ އުޅަނދުތަކަށް ހުރަސްއަޅައި މީހުން ހައްޔަރުކުރުމަކީ ގައިރު ގާނޫނީ އަމަލެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް