ads
ފްލޮޓީލާގެ އުޅަނދުތަކާ އިޒްރޭލު ސިފައިންގެ އުޅަނދުތައް ކައިރިކުރި ވަގުތު ފްލޮޓީލާގެ ބަޔަކު ތައްޔާރީ ހާލަތުގައި
ފްލޮޓިއްލާ މޫވްމަންޓާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް
އިޒްރޭލުން ފަލަސްތީނުގެ ގާޒާ ހިސާރުކޮށްފައި އޮންނަ އޮތުން ދުނިޔޭގެ ސަމާލުކަމަށް ގެނެސް އެހީ ފޯރުކޮށްދިނުމުގެ ރަމްޒެއްގެ ގޮތުގައި ގާޒާއަށް ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދް ފްލޮޓީލާ" އަށް އިޒްރޭލުން ހުރަސް އަޅަމުންދާ ދިޔުން ކުށްވެރިކޮށް މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
Advertisement

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރެވެ. އެ މައްސަލައަށް ބަހުސްކުރުމަށް ފެންނަ ކަމަށް 57 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

ކުއްލި މައްސަލައިގައި ވަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ މެދު ހިނގަމުންދާ ގަތުލުއާންމުގެ ތެރެއިން ޔަހޫދީން ދެމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ހިނދު ގާޒާގެ ރައްޔިތުން ތިބީ އިންތިހާ ދަރަޖައަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ.

ކުއްލި މައްސަލައިގައި ވަނީ އިޒްރޭލުން ގްލޯބަލް ސުމޫދު ފްލޮޓިއްލާ މޫވްމަންޓަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާއިރު އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ފަރާތްތަކުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުންނާއި އެ މޫވްމަންޓްގައި ހިމެނޭ ދިވެހިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިވެހި ސަރުކާރަށް ކުރެވެން ހުރި ކަންކަން ދެނެގަނެ ދިވެހި ދައުލަތުގެ ފަރާތުން އެ މޫވްމަންޓްގައި ބައިވެރިވުމަށް ގޮވާލާފަ އެވެ.

"މި އަމަލުތައް ކުށްވެރިކުރުމުގެ ގޮތުންނާއި، އެ މޫވްމަންޓްގައި ހިމެނޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިވެހި ސަރުކާރަށް ކުރެވެހެން ހުރި ކަންކަން ދެނެގަނެ، އެ ދައުލަތުގެ ފަރާތުން އެ މޫވްމަންޓުގައި ބައިވެރިވުމަށް ގޮވާލާ...،" މައްސަލައިގައިވެއެވެ.

ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ފްލޮޓީލާގެ ދަތުރުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނޭ، ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ދަތުރުކުރި ބޯޓު ހުއްޓުވައި އޭނާ ހައްޔަރުކޮށް އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށަށް ރޭގެ ދަންވަރު ވަނީ ގެންގޮސްފަ އެވެ. ކުރިން ވެސް މީގެ ދަތުރެއްގައި ބައިވެރިވުމުން އޭނާ ހައްޔަރުކޮށް އިޒްރޭލުން ޑީޕޯޓްކޮށްފައިވެ އެވެ.

އިޒްރޭލުން އުޅަނދުތަކަށް ހުރަސްއަޅައި ބައެއް އުޅަނދުތަކަށް އަރައި މީހުން ހައްޔަރުކޮށްފައި ވަނީ "އިޒްރޭލުން ބަންދުކޮށްފައިވާ" ސަރަހައްދަށް ވަނުމުން ކަމަށް ބުނެ އެވެ. އެކަމަކު ފްލޮޓީލާގެ މެންބަރުން ބުނަމުންދަނީ އިޒްރޭލުން ޣައްޒާ އާއި ގާޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެހެންވެ އެ މީހުންގެ އުޅަނދުތަކަށް ހުރަސްއަޅައި މީހުން ހައްޔަރުކުރުމަކީ ގައިރު ގާނޫނީ އަމަލެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް