ads
އެސްއެމްއީ ހަބްގައި ހުޅުވާފައިވާ ކިއޮސްކްއެއް: ކުދި ވިޔަފާރިތަކަށް އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާއިން ވަނީ ފުރުސަތު ހުޅުވާލާފައި - ފޮޓޯ:އެސްއެމްއީ ހަބް
އެމްއެސްއެމްއީ އެވޯޑްސް އަށް ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި
ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އިން އިކޮނޯމިކް މިނިސްޓްރީން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025" އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފި އެވެ.
Advertisement

އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ކުރިން އޮތީ 2 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެރޭ ހަމަވާ ގޮތަށް ބީސީސީން ބުނެ އެވެ.

ނަމަވެސް އެކި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތެއް ފަހިކޮށްދިނުމުގެ ގޮތުން އެ ސުންގަޑި މިހާރުވަނީ އިތުރު 7 ދުވަހުގެ މުއްދަތަށް އިތުރު ކުރެވިފަކަމަށް އެ އިދާރާއިން ބުނެ އެވެ.

މި އެވޯޑަކީ ވިޔަފާރީގެ ރޮގުން ހާއްސަ ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުމަށްޓަކައި، އަހަރަކު އެއް ފަހަރު ބީ.ސީ.ސީ އިން ދިނުމަށް ހަމަޖެހިފައިވާ ހާއްސަ އެވޯޑެކެވެ. 

އެގޮތުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކާއި، އާންމުންގެ މަގުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެއެވެ.

މި އެވޯޑާބެހޭ އުސޫލު ބީސީސިން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ.

އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީސީސީއިން އެކަމަށް ޓަކައި ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތައް އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބީސީސީން ބުނެ އެވެ.

ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަ ކުރުމަށް ޓަކައި އިތުރަށް މި ހުޅުވައިލެވުނު ފުރުސަތުގައި ވީހާވެސް ގިނަ ވިޔަފާރިތަކުން ބައިވެރިވުމަށް ބީސީސީން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް