ads
ޝަޓްޑައުންއާއި ގުޅިގެން ކުރާ މުޒާހަރާގެ ތެރެއިން
އެމެރިކާގެ ސަރުކާރު "ހުއްޓިއްޖެ"!
އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފި އެވެ.
Advertisement

ޝަޓްޑައުން ދިމާވީ އޮކްޓޯބަރު މަހަށް ފަހުން ސަރުކާރުގެ ހިދުމަތްތަކަށް ފައިސާ ދޭ ބިލް ފާސްކުރުމާއި ގުޅިގެން ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓުންނަށް އެއްބަސްވުމަކަށް އައިސްފާ ނުވާތީ އެވެ. 

އެމެރިކާގެ ގާނޫނުގައި ވާގޮތުން ސަރުކާރުގެ އެކި އިދާރާތަކުން ކުރާ ހަރަދުތައް ހަރަދުކުރުމުގެ ޕްލޭންތައް ކުރިން މަޖިލީހުން ބިލް ފާސްކުރަން ޖެހޭނެ އެވެ.

މިހާރު ކޮންގްރެސްގެ ދެ ޗެމްބަރު ވެސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީންނެވެ. ނަމަވެސް ސެނެޓުން މި ބިލް ފާސް ކުރަން ރިޕަބްލިކަން އަށް މަދުވަނީ އެންމެ 60 ވޯޓެވެ. 

ޑިމޮކްރެޓްސް އަށް ލިބިފައިވާ މި 60 ވޯޓުގެ ސަބަބުން އެމީހުންނަށް މިބިލާއި ބެހޭ ގޮތުން ނެގޯޝިއޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައި އެވެ.

އެމީހުން ބޭނުންވަނީ އެމެރިކާގެ އެތައް މިލިއަން ބަޔަކަށް ހެލްތު އިންޝުއަރެންސް އަގުހެޔޮކޮށްދިނުމާއި، މުއްދަތު ހަމަވާ ޓެކްސް ކްރެޑިޓްތައް އިތުރުކުރުމާއި، އުމުރުން ދުވަސްވީ، ނުކުޅެދުންތެރިކަން ހުންނަ އަދި އާމްދަނީ ދަށް އެތައް މިލިއަން ބަޔަކު ބޭނުންކުރާ ސަރުކާރުގެ ހެލްތްކެއާ ޕްރޮގްރާމެއް ކަމަށްވާ މެޑިކޭޑް އަށް ޓްރަމްޕް ކަނޑާލުންތައް އަނބުރާ ދިނުމަށެވެ

ސަރުކާރުގެ ސިއްހީ އިދާރާތަކަށް ކުރާ ހަރަދު ކުޑަކުރުމާ ވެސް ޑިމޮކްރެޓުން ދެކޮޅު ހަދަ އެވެ.

ޝަޓްޑައުން އިން ސަލާމަތްވުމަށް ފަރުމާކޮށްފައިވާ ސްޓޮޕްގޭޕް ބިލެއް ހައުސް ނުވަތަ ދަށު ޗެމްބަރުގައި ފާސްކުރި ނަމަވެސް ސެނެޓުން އޭތި ބަލައިގަނެފަ އެއް ނުވެ އެވެ. އެހެންކަމުން، މިއީ އެމެރިކާގައި ގާތްގަނޑަކަށް ހަތް އަހަރަށް ފަހު ފުރަތަމަ ޝަޓްޑައުން އެވެ.

މިކަމުގެ ސަބަބުން ހުރިހާ ސަރުކާރުގެ ވުޒާރާތަކެއް ބަންދު ނުވިނަމަވެސް ބައެއް އިދާރާތައް ބަންދު ވުމުގެ ސަބަބުން 750000 މީހުން މުސާރަ ނުލިބޭ ގޮތަށް އަދި މުއްދަތެއްނެތް ގޮތަށް ވަނީ ޗުއްޓީ އަށް ފޮނުވަލެވިފައި އެވެ. 

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މި ސަޓްޑައުންގެ ބޭނުން ހިފާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެތަށް ބަޔަކު ވަޒީފާއިން ކަނޑާލާ ބިކަ ކޮށްލަފާނެ އެވެ. މިހެން ގަބޫލުކުރަން ޖެހޭ ސަބަބަކީ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ ޓްރަމްޕް ވަނީ ސަރުކާރުގައި ވަޒީފާ އަދާ ކުރާ އެތަށް ބަޔަކު ވަޒީފާއިން ކަނޑާލަން ނިންމާފަ ކަމަށް ވާތީ އެވެ. މިކަމާއި ގުޅިގެން ޑިމޮކްރެޓްސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ވަރަށް ބޮޑަށް ޓްރަމްޕައް ފާޑު ކިޔާފަ އެވެ. 

ބަންދު ނުކުރާ އިދާރަތަކަކީ ބޯޑަރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާ، އިންމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް)، އިން ހޮސްޕިޓަލް މެޓިކަލް ކެއާ، އެއާ ޓްރެފިކް ކޮންޓްރޯލް އަދި ސަލާމަތީ ބާރުތައް ހިމެނެ އެވެ. އެ އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތަށް ނިކުންނަން ޖެހުނަސް އެ މީހުންނައް މުސާރާ ލިބޭނީ ޝަޓްޑައުން ނިމި ސަރުކާރު އަލުން ހުޅުވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މި ޝަޓްޑައުން ނިމޭނީ ކޮންއިރަކު ކަމެއް ބުނާކަށް ސީދާ ނޭންގޭ ކަމަށާއި މިކަން ނިމިގެންދާނީ ބަޖެޓާއި މެދު އެއްބަސްވުމަކަށް އާދެވިގެން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.      

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް