ads
ފުލުހުން ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހިފެހެއްޓުން -- ފޮޓޯ/ ސަން
އެމްޑީޕީ މުޒާހަރާ: ހައްޔަރުކުރި 6 މީހުންގެ ބަންދަށް 15 ދުވަސް
އިދިކޮޅު އެމްޑީޕީގެ މުޒާހަރާއިން ރޭ ހައްޔަރުކުރި ހަތް މީހެއްގެ ތެރެއިން އެކަކު ދޫކޮށްލައި، އަނެއް ހަ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
Advertisement

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 8 މީހަކު ރޭ މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު އެވެ. ދެން މުޒާހަރާއިން ހައްޔަރުކުރި މީހުންނަކީ:

1- މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު (ބަންދަށް 15 ދުވަސް)
2- މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ (ބަންދަށް 15 ދުވަސް)
3- މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު (ބަންދަށް 15 ދުވަސް)
4- އަލީ ޖުމާން (ބަންދަށް 15 ދުވަސް)
5- އަޒީމް އަލީ (ބަންދަށް 15 ދުވަސް)
6- ހަސަން ޝާކިރު (ބަންދަށް 15 ދުވަސް)
7- އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު (24 ގަޑިއިރު ތެރޭގައި ދޫކޮށްލަން)

މި ކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ބަންދުކުރި މީހުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. ފައްޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ކުރިޔަސް ފަސްޖެހުމެއް ނެތް ކަމަށެވެ.

"ބެޓަނަކަށް، ކަރުނަ ގޭހަކަށް، ޕެޕާ ސްޕްރޭއަކަށް، ސޮނިކް ވެޕަނަކަށް ބިރުން ސިހިގެން ދިވެހިން ފަހަތަކަށް ނުޖެހޭނެކަން އަނެއްކާ ވެސް ސާބިތުކޮށްދީފި. ދުވަހެއް ދުވަހެއް މީހުންގެ އަދަދު ދާނީ އިތުރުވަމުން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން ވަނީ އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީ މަގަށް މިސްރާބު ޖަހައިފައެވެ. އެކަމަކު، ފުލުހުން ވަނީ މަޖީދީ މަގަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. މުޒާހަރާ ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް