އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އެޕާޓްމަންޓް ފުލުހުން އަތުލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެއް އަހަރަށެވެ. އެހެންވެ، ބައްސާމްގެ ދެ އެޕާޓްމަންޓް އޭރު ފުލުހުންނާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 9 ގަ އެވެ. އެތަން ހިފަހައްޓަން ހުޅުމާލޭ ކޯޓުން ދިން އެއް އަހަރުގެ މުއްދަތު މިދިޔަ މަހުގެ 28 ގައި ހަމަވުމާ އެކު، އިތުރު އެއް އަހަރަށް އެ ދެ ތަން ހިފަހައްޓަން ކޯޓުން އިތުރު އަމުރެއް ނެރެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ ދެ އެޕާޓްމަންޓް ބައްސާމް ގަނެފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު، ފުޓްބޯޅަ ކްލަބުތަކަށް ދިމާވި މާލި ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމްއަށް ދޫކުރި ފައިސާއިން ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.